ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ދޭންވީ ބަޣާވާތާއި، ޑްރަގާ ދެކޮޅަށް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބައި އިލެކްޝަންގައި ވޯޓު ދޭންވީ ޑްރަގާއި، ބަޣާވާތާ ދެކޮޅަށް ކަމުށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ އަކީ ޑްރަގުގެ މައްސަލަ އަކީ ވޭތުވެދިޔަ ތަނުގައި ދުވަހަކު އަތުލައިނުގަނެވޭ މިންވަރަށް ޑްރަގު މިހާރު އަތުލައިގަނެވިފައިވާ ކަމަށެވެ.

ޑްރަގަކީ ކަނޑުތައް ހުރަސްކޮށް ހިންގާ ބިލިއަން ޑޮލަރުގެ މަނާ ވިޔަފާރިއެއް ކަމަށާއި މިއީ ލިބުނު ގޮތަކުން ފައިސާ ހޯދަން މަރުދޭ ބަޔަކަށް ވަރަށް މޮޅު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެ އަށް އެތެރެކުރާ ޑްރަގު އަތުލައިގަތުމަކީ މި ބޮޑު މަނާ ވިޔަފާރިއާ އެކި ގޮތްގޮތުން ގުޅިފައި ތިބި މީހުންގެ ރުޅި އިންތިހާ އަށް ސަރުކާރަށާއި ސަރުކާރަށް މަދަދުދޭ ފަރާތްތަކަށް އަމާޒުވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި ޑްރަގުގެ ވަބާއާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އިދިކޮޅު ފަރާތްތަކަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށެވެ. ޚާއްސަކޮށް މިސަރުކާރުން މިހާތަނަށް އަތުލައިގެން މަސްތުވާތަކެތީގެ ބޮޑެތި އަދަދުތަކަކީ އެކަމާއި ކަންބޮޑުވާނެ ބަޔަކު ތިބޭނެ ކަމެއްކަމަށާއި، ނަމަވެސް އެކަން ނުހުއްޓުވޭނެކަމަށެވެ.

ޖަލްސާގައި ރައީސް ވަނީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި ބަހުގެ ހަމަލާތައް ބަދަލު ކުރައްވާފައެވެ. ރައީސް ޞާލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ނުދަންނަ ބަޔަކަށް ރައްޔިތުން ވޯޓު ދިނުމަކީ ހެދޭނެ ގޯހެއްކަމަށެވެ. މަރުކަޒީ އުސޫލުން ކަންކަން ކުރަން ބޭނުންވާ ބަޔަކަށް ފަހުންވެސް އަތޮޅު ތެރޭގެ ރަށްތަކަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އައިޖީއެމް އިމާރާތައި ޖެހިގެން އެމަނިކުފާނަށްވެސް 25 ބުރީގެ އިމާރާތެއް އެޅިދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: