ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެންމެން ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހަރަކާތް ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށްވާއިރު، އިދިކޮޅުން ބުނީ 28 މީހުން ހައްޔަރުކުރީ ވަރަށް އަނިޔާވެރި ކަމާއެކު ކަމަށެވެ. އެގޮތުން ލޯ ކައިރީގައި ޖައްސާފައި ޕެޕާ ސްޕްރޭ ޖެހި ކަމަށާއި ހައްޔަރުކުރުމުގައި އަނިޔާވެރިވެ ބާރުގެ ބޭނުންކުރި ކަމަށްވެސް އިދިކޮޅުން ބުނެ އެވެ.

އިދިކޮޅުން މިއަދު ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ދެ މީހަކު ފިޔަވައި ދެން ތިބި މީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

އިދިކޮޅުން ކޮންމެ ދުވަހެއްގެ ހަވީރު މިފަދަ އެއްވުންތައް ބާއްވަމުންދާއިރު، ފުލުހުން އަންނަނީ އެއްވުމުގެެ ތެރެއިން މީހުން ހައްޔަރުކުރަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މި ހަރަކާތް ރާއްޖޭގެ އެކި ރަށްތަކަށް ވެސް މިހާރު ވަނީ ފުޅާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: