ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް 26 އިންސައްތައަށް!

ޕޮޒިޓިވިޓީ ރޭޓް މަތިވުމުން މީގެކުރިން ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައި / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ނަގާ ކޮވިޑް ސާމްޕަލްތަކުގެ ޕޮޒިޓިވިޓީ ރޭޓް 26 އިންސައްތައަށް އަރާފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އިއްޔެ އެކަނިވެސް 1209 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އެއް ދުވަހެއްގެ މައްޗަށް ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު މިހާ މައްޗަށް މިދިޔައީ ގާތްގަނޑަަކަށް އަށް މަސް ދުވަހަށް ފަހުގައެވެ.

އިއްޔެ މާލެ ސަރައްދުން 575 ކޭސް ފެނުނުއިރު އަތޮޅުތަކުން 408 ކޭސް ވަނީ ފެނިިފައެވެ. އަދި ރިސޯޓުތަކުން 155 ކޭސް ވަނީ ފެނިފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 5975 ކޭސް ވަނީ ރިކޯޑް ކުރެވިފައެވެ. އަދި 26 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މަތިވަމުންދާ މިންވަރަކަށް ފިޔަވަޅުތައް އާންމުގޮތެއްގައި ވަރުގަދަކުރެއެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު 1000އާއި ގާތްވުމުން ނުވަތަ އެއަށްވުރެ މައްޗަށް ދިޔުމުން ފިޔަވަޅުތައް ވަރުގަދަކޮށް ހަރުކަށި ކުރެއެވެ.

އެންމެ ފަހުން އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި ސިއްހީ ދާއިރާއަށް އަދި މާ ބާރުބޮޑުނުވާކަން ފާހަގަކުރިއެވެ. އަދި ފިޔަވަޅުތަކަށް ދޫ ދީފައިވަނީ އެސަބަބަށްޓަކައި ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ފިޔަވަޅުތައް އަޅާއިރު ހަމައެކަނި ސިއްހީ ދާއިރާއަށް ނުބަލާ އެހެން ދާއިރާތަކުގެ ކަންކަމަށްވެސް ބަލާކަަމަށް ވަނީ ހާމަކޮށްފައެވެ. ކޭސްތަކުގެ އަދަދުތައް ގިނަވާނަމަ ފިޔަވަޅުތައް ހަރުކަށި ކުރާނެކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: