ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއުމަން ޓްރެފިކިން މައްސަލާގަައި ހިމެނޭ ދެމީހެއްގެ ބަންދަށް އިތުރު 15 ދުވަސް

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ޓްރެފިކިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެމީހުންގެ ބަންދު އިތުރުކޮށްފިއެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28-65 އަހަރާ ދެމެދުގެ ހަތަރު މީހަކު ކަމަށެވެ. އޭގެ ތެރޭގައި ފުލުހަކާއި ބިދޭސީއެއް ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މީގެތެރެއިން އިއްޔަ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެން މީހާއާއި، 65 އަހަރުގެ ދިވެހި ފިރިހެން މީހާގެއެވެ. މި ދެމީހުންގެ ބައްދަށް އިއްޔަ ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވެއެވެ.

އެ މީހުންގެ ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ، މިމައްސަލައިގައި އަނިޔާލިބުނު ފަރާތްތައް ދައުލަތުގެ ހިމާޔަތުގެ ދަށުގައި ތިއްބާ، މުއާމަލާތްކުރުމަށް މި ދެމީހުން މަސައްކަތް ކޮށްފައިވާކަމަށެވެ.

ޖިނާއީ ތަހުގީގު ކުރިއަށްދާތީ، މި މައްސަލާގައި ހިމެނޭ ފުލުސް މީހާ މިހާރު ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: