ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަރިކިލުގައި ޑޮކްޓަރެއް ނެތް މައްސަލަ: ބައި އިލެކްޝަނެއް ނެތަސް މިވަރުވާން ދޫކޮށްނުލާ!

މެމްބަރުސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ކުޑަރިކިލުގައި ބައި އިލެކްޝަންގެ ކެމްޕެއިނެއް ނެތަސް ރަށުގެ ހާލަތު ގޯސްވާން ދޫކޮށްނުލެއްވުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ކުޑަރިކިލުގެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރައްވާ ޑޮކްޓަރު މިމަހުގެ ދުހަވަނަ ދުވަހު ޗުއްޓީއަށް ގޮސްފައިވާއިރު އޭގެ ފަހުން އެރަށުގައި ޑޮކްޓަރަކު ނެތެވެ. ކޮވިޑްގެ އިތުރުން ވައިރަލް ފްލޫއެއްވެސް މިދުވަސްވަރު ރާއްޖޭގައި އާންމުވަމުންދާއިރު އެރަށުގައިވެސް ކޮވިޑްގެ ކޭސްއެެއް ވަނީ ފެނިފައެވެ. މިއަދު ހެނދުނު ރަށުގެ ރައްޔިތުން ނުކުމެ ވަނީ ހޮސްޕިޓަލުގައި ތަޅު އަޅުވާފައެވެ.

އެކަމުގެ ހަބަރުތައް މިއަދު މީޑިޔާގައި ދައުރުވެފައިވާއިރު، ސައީދު ވަނީ ސަރުކާރުގެ ސިއްހީ ދާއިރަގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުން ބްރިޖް އެޅުއްވުމުގައި އަވަދިނެތި އުޅުއްވާއިރު ބައި އިލެކްޝަންްއެއް ނެތަސް އެހާލަތަށް ރަށްދިޔުމަށް ދޫކޮށްނުލެއްވުމަށް ވަނީ ގޮވާލައްވާފައެވެ. އެންމެ ނުރައްކަލުގައި މިވަގުތު އޮތީ ސިއްހީ ހާލަތުކަމަށް ވިދާޅުވުމަށްފަހު މިހާލަތަށް ކަންކަން ދިޔުމުން ވަރަށް ދެރަކަމަށް ސައީދު ވިދާޅުވިއެވެ.

ކުޑަރިކިލުގައި ކުރަމުންދާ އިހުތިޖާޖުގައި އެރަށުގެ ރައްޔިތުން ގޮވާލަމުންދަނީ ރަށަށް ޑޮކްޓަރެއް ފޮނުވައިދިނުމަށެވެ. ގިނަ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރަނީ އެންމެ ޑޮކްޓަރެކެވެ. އެޑޮކްޓަރު ޗުއްޓީއަށް ގޮސްފިނަމަ އެރަށްރަށުގައި ޑޮކްޓަރަކު ނުހުރެއެވެ. ކުޑަރިކިލު ރައްޔިތުން މިވަގުތު ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީއިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާއި ދިމާކޮށް ރައީސް ސޯލިހާއި ގިނަ އަދަދެއްގެ ވަޒީރުން އަންނަނީ އެދާއިރާގެ ކެމްޕެއިންގައި ހަރަކާތްތެރިވަމުންނެވެ. އަދި ދާއިރާގައި ނުފެށި ހުރި ގިނަ މަޝްރޫއުތަކެއް ފަށައި ނިންމަން ވަނީ އަމާޒު ހިފާފައެވެ. ސަރުކާރު ނުވަތަ އެމްޑީޕީއިން ކޮމަންޑޫ ދާއިރާއަށް ކުރާ ކެމްޕެއިނަކީ ރިޔާސީ އިންތިޚާބަކަށް ކުރާ ފަދަ ކެމްޕެއިނެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: