ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރު: ލަމްހާގެ ބަންދަށް އިތުރު 15 ދުވަސް!

މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސްގެ މޭރީ ގްރޭސް މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަލީމަތު ލަމްހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްފި އެވެ.

މަރުގެ މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއްކޮށް ހައްޔަރުކޮށްފައިވާ ލަމްހާއަކީ، މޭރީގެ ފިރިމީހާ މާވިން އެސްވައި އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އުމުރުން 24 އަހަރުގެ މީހެކެވެ. އައިޖީއެމްއެޗުގެ ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ތިން މީހުންގެ މެދުގައި މީގެ ކުރިން ވެސް މައްސަލަތަކެއް ޖެހުނެވެ. މާވިން އާއި ލަމްހާ ހާމަކަން ބޮޑުގޮތަކަށް ހޮސްޕިޓަލުގެ ތެރޭގައި އުޅޭތީ އެކަމުގެ ޝަކުވާތައް މޭރީ ކުރުމުން، ހޮސްޕިޓަލުގެ ތެރޭގައި އެކަމުގެ ޒުވާބުތައް ހިނގާފައިވާކަމަށް ބައެއް އެހެން ނަރުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ ފުލުހުން ހައްޔަރު ކުރީ މާވިން އެވެ. އޭނާ މޭރީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައީ ދަންޖެހިގެންކަމަށް ބުނެ ނަމަވެސް އެކަމުގައި ޝަކުވާ ކަންތަކެއް ހުރުމުން ފުލުހުން މައްސަލައިގެ ތަހުގީގު ފަށައި، މާވިންގެ ޕާސްޕޯޓު ހިފެހެއްޓީ އެވެ. އޭގެ ފަހުން ލަމްހާގެ މައުލޫމާތުތަކެއް ލިބުމުން ފުލުހުން ވަނީ އޭނާ ދިރިއުޅޭ އެޕާޓްމެން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ. އަދި ލަމްހާ ދިރިއުޅެމުން ދިޔަ ކޮޓަރީގެ ތެރެއިން ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ ބޭސްތަކަކާއި، އިންޖެކްޝަންތަކެއް ފެނިފައި ވެއެވެ. އޭގެ ފަހުން ފުލުހުން އޭނާ ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު 16 ގަ އެވެ.

ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.

ލަމްހާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މީޑިއާތަކުން ފާހަގަ ކުރުމުން އޭނާ ވަނީ އަމިއްލައިން ރާއްޖޭގެ އޮންލައިން ނޫހަކަށް އިންޓަވިއުއެއް ދީ މޭރީގެ މަރުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. އަދި ކުރެވޭ ތުހުމަތުތައް ދޮގުކޮށް ހޮސްޕިޓަލުގެ އެހެން ނަރުހުންނާއި ގުޅޭގޮތުން ވާހަކަ ދައްކާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: