ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ މާލެއިން 826 ކޮވިޑް ކޭސް!

ކޮވިޑް-19 އަށް މީހަކު ޓެސްޓުކުރަނީ. މި ބަލީގެ ނުރައްކާތެރިކަން މިހާރު ވަނީ އިތުރުވެފަ. ފޮޓޯ: ޢަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ މާލެ ސަރަހައްދުން 826 ކޮވިޑް ކޭސް ފެނިފައިވާ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްްކާގޮތުގައި އިއްޔެ މުޅި ރާއްޖެއިން ޖުމްލަ 1420 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. މިއާއެކު ރާއްޖޭގެ ކޮވިޑް ހާލަތު ބަދަލުވެ ރެޑް އެލާޓަށް ވަނީ ބަދަލުކޮށްފައެވެ. އޭގެ ކުރިން ރާއްޖޭގައި އޮތީ އޮރެންޖް އެލާޓެވެ.

މާލެ ސަރަހައްދުން 826 ކޭސް، އަތޮޅުތަކުން 346 ކޭސް، ރިޒޯޓުތަކުން 84 ކޭސް ވަނީ ފެނިފައެވެ. މިވަގުތު ހޮސްޕިޓަލުތަކުގައި 32 މީހަކަށް ފަރުވާ ދެމުންދާއިރު ޖުމްލަ އެކްޓިވް ކޭސްތަކުގެ ގޮތުގައި 6993 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

އިއްޔެ މުޅި ޖުމްލަ 6456 ސާމްޕަލް ނަގާފައިވާއިރު، މީގެ ތެރެއިން 3439 ސާމްޕަލްއަކީ މާލެ ސަރަހައްދުން ނަގާފައިވާ ސާމްޕަލްއެވެ. އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 24 އިންސައްތައިގައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ރެޑް އެލާޓަށް ބަދަލުކޮށްފައިވާއިރުވެސް، ފިޔަވަޅުތައް ވަރުގަދަކުރުމަށް އެއްވެސް ކަމެއް ކުރަމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: