ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ދޫކުރުމާއި، އުމްރާއަށް ފޮނުވާނެކަމަށް ހަންނާން ވައުދުވީ މައްސަލަ، ހުށަހަޅައިފި ނަމަ ބަލާނަން: އީސީ

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން/ ފޮޓޯ:އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީން ކުރިމަތިލާފައިވާ އަބްދުލް ހަންނާން އިދުރީސް މަޖިލީހަށް ހޮވައިދެއްވައިފި ނަމަ ކޮންމެ އަހަރަކު އެއް ފަަހަރު ދާއިރާގެ ރައްޔިތަކު އުމްރާއަށް ފޮނުވުމާއި، އިންޓްރެސްޓަކާއި ނުލައި ލޯނު ދޫކުރާނެކަމަށް ވައުދުވީ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެމްއެންޕީން ރޭ ބޭއްވި ޖަލްސާއެއްގައި ހަންނާނު އޭނާގެ ވައުދުތަކުގެ ވާހަކަ ދައްކަވަމުން ވަނީ، ކޮންމެ އަހަރެއްގެ ރޯދަ މަހުން ދާއިރާގެ ރައްޔިތުންނަށް އުމްރާގެ ފުރުސަތު ހޯދައި ދިނުމާއި “ފުދުންތެރި ފަންޑު” ގެ ނަމުގައި ދެ މިލިޔަން ރުފިޔާގެ ފަންޑެއް ހަދައި، ފަންޑުން އިންޓްރެސްޓް ފްރީ ލޯނު ދޫކުރަން ވައުދުވި އެވެ. މީގެ އިތުރުން ވެސް އޭނާ ވީ ވައުދުތަކުގެ ބޮޑު ލިސްޓެއް، އެ ޕާޓީގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައި ވެއެވެ.

އިންތިހާބުތަކަށް ނުފޫޒު ފޯރުވުމާއި، އަދި އިންތިހަބާއި ދިމާކޮށް ސަރުކާރުން ދާއިރާއަށް ވައުދުތަކެއް ވަމުންދާކަމަށް ބުނެ އިލެކްޝަނާއި އެކު އޮތް ބައްދަލުވުމުގައި އެންމެ ބޮޑު ނުރުހުން އަމާޒު ކުރީ ވެސް އެމްއެންޕީންނެވެ. އެހެންވެ، އެ ޕާޓީގެ ކެނޑިޑޭޓަކެއްގެ މިފަދަ މައްސަލަތަކެއް ވެފައިވާތީ “ސަންގު” އިން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ސުވާލު ކުރުމުން ވިދާޅުވީ އެ މައްސަލަ އަދި ރަސްމީކޮށް އީސީއަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ހަންނާންގެ އެ ވައުދުގެ މައްސަލަ ލިޔުމުން ރަސްމީކޮށް ހުށަހަޅައިފި ނަމަ ބަލާނެކަމަށް ފުއާދު ވިދާޅުވި އެވެ.

އިންތިހާބުތަކާއި ބެހޭ ގާނޫނު ބުނާ ގޮތުން، ވޯޓު ހޯދުމަށް ވަކި ދާއިރާއެއްގެ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ކަމެއްކޮށްދޭން ވައުދު ނުވެވޭނެ އެވެ.

އަންނަ މަހުގެ ފަހެއްގައި ބާއްވާ އިންތިހާބަށް ސަރުކާރުން ނުފޫޒުތަކެއް ފޯރުވާކަމަށް ބުނާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. ފުއާދު ވިދާޅުވީ އެ މައްސަލަ ވެސް ލިޔުމުން ކޮމިޝަނަށް އެއްވެސް ކެނޑިޑޭޓެއް ނުވަތަ ޕާޓީއަކުން ނުވަތަ އަމިއްލަ ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
26%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 9%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: