ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫން ފުރަން ތައްޔާރުވެފައި އޮތް ފްލައިޓެއްގައި އަލިފާނުގެ ހާދިސާއެއް

ފޮޓޯ:މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ހަނިމާދޫން ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މޯލްޑިވިއަންގެ ފްލައިޓެއް ހަނިމާދޫން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮކްޕިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރޯވެފައި ހުރި އަލިފާންގަނޑު ޕައިލެޓުންނަށް ފެނުމާއެކު ނިއްވާލީ އެ މީހުން އަމިއްލަ އަށް ކަމަށްވެސް އެނގިފައިވެ އެވެ.

އެ ފްލައިޓުގައި ތިބި ފަސިންޖަރުން ވެސް ސަލާމަތުން މިހާރު ވަނީ އެ ބޯޓުން ބާލާފަ އެވެ. އަދި އެ ފްލައިޓް ޓޯ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: