ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަވާއީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ބަޔަކު މަރުވެއްޖެ!

އަލިފާނުގެ ހާދިސާގެ ފޮޓޯއެއް: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ހަވާއީގެ ސަރަހައްދެއްގައި އަލިފާން ރޯވުމުގެ ސަބަބުން 55 މީހެއް މަރުވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ކުއްލި ގޮތަކަށް ހަވާއީގެ ލަހައިނާގައި ރޯވި އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެ ސަރަހައްދުގެ ގަވަނަރެއްގެ މަގާމު އަދާކުރައްވާ ޖޯޝް ގްރީން ވިދާޅުވެފައިވާގޮތުން މި ހާދިސާއަކީ މިހާތަނަށް އެ ސަރަހައްދުގައި ހިނގާފައިވާ އެންމެ ބޮޑު ގުދުރަތީ ކާރިސާއެވެ. އޭނާވަނީ އެ ހާދިސާގެ ތެރޭގައި މަރުވި މީހުންގެ އަދަދުތައް އިތުރުވެގެންދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން 1960 ވަނަ އަހަރު އެ ސަރަހައްދަށް އެރި ސުނާމީއެއްގެ ސަބަބުން މަރުވެގެންދިޔައީ 61 މީހަކުކަމަށާއި އެއަށްވުރެ މި ހާދިސާގައި މަރުވެގެންދާ މީހުން އަދަދުތައް މަތިވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ގަވަނަރު ޖޯޝް ވިދާޅުވީ، އިންތިހާއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރެވިގެންދާނެކަމަށާއި އެތައް ސަތޭކަ ގެއެއް ހަލާކުވެ އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަމުގެ ބޭނުންތެރިކަން ޖެހިފައިވާކަމަށް ވިދާޅުވެފައިވެއެވެ. މާއުވީގެ މޭޔަރުވެސް ވަނީ ހާދިސާގައި ގެދޮރު ހަލާކުވެފައިނުވާ އެހެންނަމަވެސް އެހެނިހެން ސަރަހައްދަކަށް ކުއްލި ގޮތަކަށް ބަދަލުކުރެވިފައިވާ މީހުންނާއި ވާހަކަދައްކަވާފައެވެ.

އޭނާ ވިދާޅުވީ، ހިތާ ކުރެވެމުންދާ ސުވާލު އެނގިވަޑައިގަންނަވާކަމަަށެވެ. އެގޮތުން ސުވާލު ކުރެވެމުންދަނީ ގެތަކަށް ދެވޭނެ ވަގުތަކާއިމެދު ކަމަށާއި އެހެންނަމެސް ހާދިސާގެ ތެރެއިން ފުރާނަ ގެއްލިފައިވާ އެންމެހާ ފަރާތްތައް ހޯދުމުގެ މަސައްކަތްތައް ނިމިގެންދާންދެން އަނބުރާ ދިއުން މަޑުޖައްސާލުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. މޭޔަރު ގްރީންވަނީ ހުސް ޖާގައެއް ހުރި ފަރާތްތަކުން ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ގެ ދޮރު ހުޅުވާލުމަށް ގޮވާލައްވާފައެވެ. އެގޮތުން ގޭގައި އެިތުރު ޖާގަ ކޮޅެއް ހުރެ މީހަކު ބެހެއްޓުމުގެ ގާބިލުކަން ހުރިނަމަ އޭނާގެ އިލްތިމާސް ގަބޫލުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ހާދިސާ ހިނގި ސަރަހައްދުގެ އަލިފާން ނިއްވުމުގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާ ފަރާތުންވެސްވަނީ މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ފަޔަރ ޗީފް ބްރެޑް ވެންޗޫރާ ވިދާޅުވީ، ރޯވަމުންދާ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ސަރަހައްދު އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައިކަމަށެވެ. އެގޮތުން ގިނަ ތަކެތި އަދިވެސް މަތިން ވެއްޓެމުންދާކަމަށާއި އެކަމުގެ ސަބަބުންވެސް ބައެއް ފަރާތްތަކަށް އަނިޔާތައް ލިބިފައިވާކަމަށެވެ. އެ ސަރަހައްދުގެ ފުލުހުންގެ ޗީފް ވިދާޅުވެފައިވާގޮތުން، ހާދިސާގެ ތެރެއިން ހާހެއްހާ މީހުން ގެއްލިފައިވާކަމަށް ބެލެވެއެވެ. އަދި ކަރަންޓު ނިވުމުގެ ދަތިތައް ހުރުމުގެ ސަބަބުން މުއާސަލާތީކަންކަމުގައި ދަތިތައް ކުރިމަތިވެ ގެއްލިފައިވާ ހޯދުމުގެ މަސައްކަތްތަކުގައިވެސް ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ.

މީޑިއާތަކުން ބުނާގޮތުން، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މި ދުވަސްވަރަކީ ހޫނު މޫސުންކަމަށްވުމުންނާއި އެ ސަރަހައްދާއި ގާތުން ނަގޫރޯޅިއެއްވެސް ދިއުމާއިއެކުކަމަށެވެ. އަދި ހާދިސާ ހިންގީ ކުއްލިގޮތަކަށްކަމަށާއި އަވަސް ގޮތަކަށް އަލިފާންގަނޑުވަނީ ހިކި ގޮސްފައިވާ ގަސްތަކުގެ ތެރެއިން ފެތުރިގޮސްފައިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: