ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބަސް ދަތުރުތަކަށް ވަގުތީ ބަދަލުތަކެއް!

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށްފައިވާ މަންޒަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތިހު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ އާއި ގުޅިގެން މާލޭ އާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާ ބަސްތަކުގެ އިތުރު މާލެ ތެރޭ ދަތުރުކުރާ ބަސް ދަތުރުތަކަށް ވަގުތީ ބަދަލުތަކެއް ގެނައިސްފިއެވެ.

އެމްޓީސީސީއިން ނެރުން ބަޔާނެއްގައި ވަނީ ނީލަން ފިހާރަ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ބޮޑޫތަކުރުފާނު މަގުގެ ސަރަހައްދެއް ބަންދުކުރެވިފައިވާތީ، އެ ކުންފުނިން ފޯރުކޮށްދެމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާާރުޓީއެލް) ބަހުގެ ހިދުމަތުގައި ހިމެނޭ ރޫޓް ވެސްޓް ޕާކް-ހުޅުމާލެ ފޭސް 1 އަދި 2 ގެ ބަހުގެ ހިދުމަތް ވަގުތީ ގޮތުން ކާނިވަލް ސަރަހައްދަށް ބަދަލުކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން އަމީނީ ރޫޓް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށްވެސް ވަނީ ބުނެފައެވެ. އެމްޓީސީސީއިން ވަނީ އަމީނީ ރޫޓް މެދކަނޑާލައިފައިވުމާއިއެކު، އޯކިޑް ރޫޓް ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރުވެދާނެކަމަށް ބެލެވޭތީ، އޯކިޑް ޫޓަށް މިހާރު ބަސް އިތުރުކޮށްފައެވެ. އަދި މަޖީދީ މަގު ހުޅުވާލުމާއިއެކު އާރުޓީއެލް ބަހުގެ ރޫޓްތައް އާންމު ހާލަތަށް ބަދަލުކުރެވިގެންދާނެކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

ރޭ ފަތިހުގެ ވަގުތެއްގައި ނީލަން ފިހާރާގައި ރޯވުމާއި ގުޅިގެން މާލޭގެ ދެ ސުކޫލެއްގެ ކިޔެވުންވެސް ވަނީ މިއަދަށް މެދުކަނޑާލާފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވާގޮތުގައި އިމާދުއްދީނު ސުކޫލު އަދި އިއްޒުދީނު ސުކޫލުގެ ކިޔެވުން މިއަދަކު ނޯންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: