ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނީލަން ފިހާރާގައި ރޯވުން: ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ހުޅުމާލެ ކޮވިޑް ފެސިލިޓީ!

ހުޅުމާލޭގައި ކުރިން ހިންގި ކޮވިޑް ފެސިލިޓީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނީލަން ފިހާރައިގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ ލޭބަ ކުއާޓަރު އަނދައިގެން ދިއުމުން ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ހުޅުމާލޭގައި ގާއިމް ކުރި ކޮވިޑް ފެސިލިޓީ ހަމަޖައްސައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން މާލެ ސިޓީ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އަލިފާން ހިފި ލޭބާ ކުއާޓަރު ހުރީ ބޭނުން ނުކުރެވޭ ވަރަށް އަދައިގެން ގޮސްފައިކަމަށެވެ. އެހެންކަމުން ހާލުގައި ޖެހުނު ބިދޭސީއިންނަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށްޓަކައި ގިނަ ތަންތަން ބެލުނުކަމަށާއި، އެގޮތުން މާލެއިން ހަމަނުޖެހުމުން ފަރުކޮޅު ފުށިން ހަމަޖެހޭތޯވެސް ބެލިންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފަރުކޮޅުފުށީގައި ކުރީގައި ބޭނުންކުރަމުންދިޔަ ތަންވެސް ހަމަ އޮޕްޝަނެއް ގޮތުގައި ބެލުނު. ދެން އެތަންވެސް އެޗްޑީސީއިން ވިދާޅުވީ މިހާރު ހުރީ ބޭނުންކުރެވޭ ހާލަތެއްގައިއެއް ނޫނޭ. ވަރަށް ބޮޑަށް ހަލާކުވެފައޭ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ ކޮވިޑް ފެސިލިޓީ ހަމަޖެހިގެން ދިޔައީ އެންމެ ފަހުގެ އޮޕްޝަނެއްގެ ގޮތުގައިކަމަށެވެ. އެތަނުގައި ބިދޭސީއިން ތިބުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ނޭޝަނަލް ޑިސާސްޓަރ މެނޭޖްމެންޓްގެ ފަރާތުން އެހީތެރިކަން ތިބިގެންދާކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. ނަމަވެސް ކެއިންބުއިމުގެ ކަންކަން ހަމަޖައްސަންޖެހެނީ ކައުންސިލުންކަމަށް މުއިއްޒު ވިދާޅުވިއެވެ. ދަތުރުފަތުރުކުރުމަށް އެމްޓީސީސީއިން ބަސް ހަމަޖައްސައިދީފައިވާކަން މުއިއްޒު އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ބިދޭސީއިންގެ ކެއުމުގެ ކަންކަމުގައި އާއި އަދި އެހެންކަންކަމުގައިވެސް އެހީތެރީވީ އަމިއްލަ ޖަމިއްޔާތަކަށާއި، ސަރުކާރު މުވައްސަސާތަކާއި އަދި ކުންފުނިތަކަށްވެސް މުއިއްޒު ޝުކުރުއަދާކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ މިކަމުގައި ވަރަށް ކޯޑިނޭޓެޑް މަސައްކަތްތަކެއް ކުރެވުނުކަމަށެވެ.

މުއިއްޒު ވިދާޅުވީ ހާލުގައި ޖެހުނު ބިދޭސީއިންނަށް އެކޮމޮޑޭޝަން ހަމަޖެހެންދެން ދެތިން މަސް ދުވަހު ފެސިލިޓީގައި ތިބެންޖެހޭނެކަމަށެވެ. ނަމަވެސް އެބޭފުޅުން މަސައްކަތް ކުރާނީ ވީހާވެސް އަވަހަކަށް ހައްލު ހޯދުމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ބިދޭސީއިންގެ އެކޮމޮޑޭޝަންތައް ހަމަޖެއްސުމުގެ މަސައްކަތްތަށް ފަށާނެކަމަށް ފާހަގަކުރެއްވިއެވެ.

މީގެ ކުރީގައި މުއިއްޒު ފާހަގަކުރައްވާފައިވާ ގޮތުގައި އަދައިގެންދިޔަ ބްލޮކްގައި ތިބީ މާލެ ސިޓީގެ ފަރާތުން މަގުމަތީގެ މަސައްކަތްތައް ކުރާ މުވައްޒަފުންނެވެ. އެހެންކަމުން މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ފަރާތުން މަގުމަތީގައި ކުރަމުން އަންނަ ބައެއް މަސައްކަތަކަށް މިކަމުގެ ސަބަބުން ބުރޫއަރާނެކަމަށެވެ

ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ހުޅުމާލެއާއި ގުޅިފައި އޮންނަ ފަރުކޮޅުފުށި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީޑިއާގައި ވިދާޅުވި ނަމަވެސް މޭޔަރު ވިދާޅުވީ، އެ ފަދަ ކަމެއް އެނގިވަޑައިނުގަންނަވާކަމަށެވެ. އެއަށްފަހު ދެން މިއުވާން މީޑީއާތަކަށް ވިދާޅުވީ، ވަގުތީ ހިޔަލެއްގެ ގޮތުގައި ފަރުކޮޅުފުށި ސަރުކާރުން ހަމަޖެއްސި ފަހުން އެޗްޑީސީން ނިންމީ ކޮވިޑް ފެސިލިޓީ އަށް ބިދޭސީން ބަދަލުކުރަންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: