ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނީލަން ފިހާރައިގައި ރޯވުން: ގެއްލުންވީ މީހުންނަށް އެކޮމޮޑޭޝަން ހަމަޖެހޭނެކަމުގެ ޔަގީންކަން އަދި ސަރުކާރުން ނުދޭ!

އަލިފާނުގެ ހާދިސާގައި އަސަރުކުރި ބިދޭސިން އިމާދުއްދީން ސްކޫލުގައި. ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާގައި ގެއްލުންވީ މީހުންނަށް އެކޮމޮޑޭޝަން ހަމަޖެހޭނެކަމުގެ ޔަގީންކަން އަދި ސަރުކާރުން ނުދެއްވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފަތިހުގެ ފަހުގެ ވަގުތެއްގައި ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީގެ ބިދޭސީ މުވައްޒަފުންގެ އެކޮޮޑޭޝަން ބްލޮކެއް ވަނީ އެއްކޮށް ރޯވެ އަނދާފައެވެ.

ހާދިސާގައި ހާލުގައި ޖެހުނު މީހުން މިހާރު ވަގުތީ ގޮތުން އިމާދުއްދީނު ސުކޫލުގައި ބައިތިއްބާފައިތިބިއިރު، “ސަންގު” އަށް މައުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ މިއީ  ސިޓީ ކައުންސިލަށް ވަރަށް ހިތާވެރި ވަގުތެއްކަމެއް ކަމަށާއި ހާދިސާގެ ސަބަބުން 202 ބިދޭސީންގެ އެކޮމޮޑޭޝަން ގެއްލިގެން ގޮސްފިކަމަށެވެ. ހިފާ ގެންގުޅޭތަކެތީގެ އިތުރުން އަންނައުނާއި، މޮބައިލް ފޯނު އަދި ބައެއް ބިދޭސީއިންގެ ފައިސާވެސް އަލިފާނުގައި އަދައިގެން ދިޔަކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިހެން ގޮސް ހަމަ ގެންގުޅޭ ހުރިހާ ސާމާނެއް މިވަނީ ހަލާކުވެގެން ގޮސްފަ. އެއްވެސް ވަންނާނެ ތަނެއް އަދި ހަމަޖެހޭ ގޮތެއް ނުވެ.

މުއިއްޒު ވިދާޅުވީ އަދި މި ބިދޭސީއިންގެ އެކޮމޮޑޭޝަން ހަމަޖެހޭ ގޮތްވެފައިނުވާކަމަށެވެ.

މުއިއްޒު ވިދާޅުވީ ނީލަ ފިހާރައިގައި ރޯވި އަލިފާންގަނޑު މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ތިބި އެކޮމޮޑޭޝަން ބްލޮކްގައި ހިފީ އަލިފާންގަނޑު ބޮޑުވެގެން ދިއުމުންކަމަށެވެ.

ދެން މިކަން ދިމާވި ގޮތަކީ އަޅުގަނޑަށް މައުލޫމާތު ލިބުނީ ފުރަތަމަ ފަތިހު 6 ޖަހަން އުޅެނިކޮށް، އެއީ ނީލަން ފިހާރަ އެތަނުގައި ރޯވެގެން އެ އަލިފާންގަނޑު ބޮޑުވެގެން އައިސް ސްޕްރެޑްވެގެން އައިއްސަ މި އަޅުގަނޑުމެންގެ އެކޮމޮޑޭޝަން ބްލޮކްގައި މި ރޯވީ

ސިޓި ކައުންސިލުގެ އަމިއްލަ ވަގުތީ ހިޔާއެއް ނެތުމުން، ހާލުގައި ޖެހުނު ބިދޭސީއިންނަށް ވަގުތީ އެކޮމޮޑޭޝަން ހަމަޖައްސައިދޭން ސަރުކާރުގައި އެދިފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމާއިވެސް އަދި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، ޕްލޭނިން މިނިސްޓްރީގެ އިތުރުން ނޭޝަނަލް ޑިސާސްޓަރ މެނޭޖުމެންޓާއިވެސް ވާހަކަދެއްކެވިންކަމަށް މުއިއްޒު ވިދާޅުވިއެވެ.އެގޮތުން ޔޫތް މިނިސްޓްރީގެ މެންޑޭޓުގެ ދަށުގައިވާ ހެންވޭރު ބޯޅަ ދަނޑުން 16 މީހަކަށް އެކޮމޮޑޭޝަން ހަމަޖެހޭނެކަމަށް މަހުލޫފް ވިދާޅުވިކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. ޑިސާސްޓާ މެނޭޖުމެންޓްއިން ބުނީ އެބޭފުޅުންގެ އަމިއްލަތަނެއް ނެތްކަމަށްކަމަށާއި، ނަމަވެސް ތަނެއް ހަމަޖެހޭތޯ ބައްލަވަމުން ގެންދަވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަދި ސަރުކާރުން އެކޮމޮޑޭޝަން ހަމަޖެހޭނެކަން އެބޭފުޅުންނަށް ޔަގީންކޮށް ނުދެއްވާކަމަށެވެ. ނަމަވެސް މިއަދުން މިއަދަށް މުވައްޒަފުންގެ އެކޮމޮޑޭޝަ ން ހަމަޖެއްސޭނެ ގޮތް އެބައޮތްކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ސޯމިލްގައިެވސް އެކޮމޮޑޭޝަން ބްލޮކެއް އެބަހުރިކަމަށާއި، އެތަނުގައި ތިބީ ޕަބްލިކް ވޯކްސްގެ މުވައްޒަފުންކަމަށާއި، އެމީހުން ބަދަލުކުރެވޭނެ ތަންތަން އެބަހުރިކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ ކޮވިޑްގެ ދުވަސްވަރު އެތަނަށް އެމީހުން ވެއްދި ގޮތަށް ބާތިއްބާފައިތިބީކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

ދެން އަދި ސިޓީ ބިޓީ ނުފޮނުވެ އަޅުގަނޑުމެންނަށް، މިހާރު އަޅުގަނޑު މިހެން ދެންނެވީމަ ސަރުކާރުން ދަންނަވާފާނެ ރަސްމީކޮށް ނޭދެޔޭ. މިތަނަށް ނައިބު ރައީސް ވަޑައިގެންނެވި، ނައިބު ރައީސް އަރިހުގައި އަލޫގަނޑޫ އެވަގުތު ދެންނެވިން އެވަގުތަކީ ސިޓީ ފޮނުވޭނެ ވަގުތެއް ނޫން.

މިކަންކަމަށް ރަސްމީކޮށް ނޭދޭކަމަށް ސަރުކާރުން ވިދާޅުވެދާނެތީ މިހާރު ސިޓީ ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެއިން ތަނެއް ނުލިބެންޏާ ހުޅުމާލެއިންވިޔަސް އަޅުގަނޑުމެން ބޭނުން. ބުރިޖު އެޅިފަ އޮތީމަ، ހަމަ ބުރިޖުން ދަތުރުކުރެވޭނެ ދެއތޯ. އެޗްޑީށީގައިވެސް ހުންނާނެކަންނޭގެ ބޭނުން ނުކުރާ ކަންތައްތައް

މީގެ އިތުރުން ނީލަ ފިހާރައިގެ މަސައްކަތްތަކަކީ އެއަށްވުރެ ރަނގަޅަށް އިންތިޒާމުވެގެން ކުރިއަށް ގެންދެވެން އޮތްކަމެއްކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ނަމަވެސް ސަރުކާރުން އެކަމަށް ބޭނުންވާ އިންޑަސްރިއަލް ވިލެޖު ދޭން ބޭނުންނުވީކަމަށެވެ.

ސަރުކާރުން ބޭނުންނުވީ އިންޑަސްޓްރިއަލް ވިލެޖުން އޭރުގައި އެކަން އަޅުގަނޑުމެންނަށް ހަމަޖައްސަދޭން. ތިމަންނަމެންގެ ބިމެކޭ، ބްރިޖު ޕްރޮޖެކްޓްއަށް ބޭނުންވެޔޭ. ދެން އެކި ކަހަލަ ވާޙަކަތައް ދައްކަވާފަ އަޅުގަނޑުމެންނަކަށް އެކަމެއް ނުކޮށްދެއްވި

މިދިޔަ އަހަރު ފަހުކޮޅުވެސް ނީލަން ފިހާރަ އެ ސަރަހައްދުގައި ނުބެހެއްޓޭނެކަމަށް ސިޓީ ކައުންސިލުން ނިންމިންކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަމަށް ގޮތެއް ނެހެދުނީ ސަރުކާރުން ބިން ނުދެއްކީމައިކަމަށެވެ. މިހާރު އެތައް އަދައިގެން އެދިޔައީކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެހެންކަމުން ދެން އެ ސަރަަހއްދުގައި ނީލަ ފިހާރަ ހިންގަން އެއްބަސް ނުވެވޭނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: