ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރަނީ

އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން/ ފޮޓޯ:- އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާ ކުރުމަށް މިއަދު އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ.

މި މިސްކިތް ބިނާކުރުމަށް މިކަމާއި ގުޅޭ އެއްބަސްވުމުގައި އެޗްޑީސީއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ ސޮއިކޮށްފައެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޑރ. އަހުމަދު ޒާހިރު އަލީއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލު އަހުމަދެވެ.

މި މިސްކިތް ފަރުމާކޮށްފައިވަނީ އެޗްޑީސީގެ ފަރާތުންނެވެ. އަދި މިސްކިތް އިމާރަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރުވެސް 2 މިސްކިތް ހުރެއެވެ. އެއީ ސަރުކާރުން ބިނާކުރި ވަގުތީ މިސްކިތަކާއި ހެޔޮ އެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: