ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދަށް ތާވަލު ކުރި މަހުލޫފްގެ ޝަރީއަތް ކެންސަލް!

ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ކުށުގައި ދައުވާ އުފުލާފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ޝަރީއަތް މިއަދު ކެންސަލްކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދެ ފަހަރެއްގެ މަތީން މި ސަރުކާރުގެ ވަޒީރުކަމުން ސަސްޕެންޑު ކުރި މަހުލޫފްގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ. ޕީޖީގައި މައްސަލަ އޮންނަތާ ހަ މަސް ފަހުން ކޯޓަށް މައްސަލަ ހުށަހެޅި އިރު އަދިވެސް މަހުލޫފް ހުންނެވީ ވަޒީރުކަމުގަ އެވެ.

މަހުލޫފްގެ މައްސަލައިގެ އަޑުއެހުން ކޯޓުގައި ތާވަލު ކުރީ މިއަދުގެ 11:00 އަށެވެ. ކޯޓުން ބުނީ ޝަރީއަތް ކެންސަލް ކުރީ އިދާރީ ބައެއް ސަބަބުތަކާއި ހުރެ ކަމަށެވެ.

މިއީ ޒާތީ ތައަސްސުބެއްގެ ތެރެއިން ކުރާ ދައުވާއެއްކަމަށް ބުނެ މަހުލޫފް ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހަދާފަ އެވެ. ޕީޖީ ހުސެއިން ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި މަހުލޫފް ވިދާޅުވީ ކޯޓުގެ ތެރެއިން ދައުލަތް ފަޟީހަތްކޮށް ބޭޒާރުކޮށްލާނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނަވަނިކޮށް އޭރު ބަހުސްތަކެއް ކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ފާސް ކުރުމަށާއި ވެރިކަން ކުރަމުން އައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށް 33،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

މެލޭޝިއާގައި ހުންނެވުމަށް ފަހު މަހުލޫފް ރާއްޖެ ވަޑައިގަތީ ސީދާ އެ ވޯޓުގައި ބައިވެރިވުމަށް ކަމަށާއި، ވޯޓަށް ފަހު އާއި އޭގެ ކުރީގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ބަދަލު ކުރެވިފައިވާ މެސެޖުތަކުގައި ވާ ތާރީހުތަކާއި އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކުރި ތާރީހާއި ދިމާވާކަމަށް އޭސީސީން ބުނެ އެވެ. ކޮމިޝަނުން ތުހުމަތު ކުރާ ގޮތުން އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއެވެ.

މި މައްސަލައިގައި މަހުލޫފް އޭނާގެ ދިފާއަށް ބުނީ، ޕީޕީއެމްގެ މުގާބިލުގައި ދެމި ހުރުމަށް އޭނާއަށް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ބިލަށް ވޯޓުދޭން ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތްކަމަށް ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ 03 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: