ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ދާއިރާއަށް ވަމުންދާ ވައުދުތައް ނުފުއްދައިފިނަމަ، ސަރުކާރުން ޖެހޭނީ 2023 މަތިން ހަނދާން ނައްތާލަން: އާދަމް ޝަރީފް

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ނުކުރެވުމުގެ ސަބަބުން މިހާރު ވަމުްނދާ ވައުދުތައް ނުފުއްދާނަމަ ސަރުކާރުން 2023 މަތިން ހަނދާން ނައްތާލަން ޖެހޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ށ ފޯކައިދޫގައި ކުރިއަށްދިޔަ ކެމްޕެއިންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ އިދިކޮޅުން ބައި އިލެކްޝަންގެ ކެމްޕެއިން ފެށުމާއެކު މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވެއްޓިދާނެހެން ސަރުކާރަށް ހީވާން ފެށިކަމަށެވެ. އަދި މިހާރު ހަމަ ހަގީގަތުގައިވެސް ސަރުކާރު އޮތީ އަދަގޮނޑި ޖެހިފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން އަމިއްލައަށް ޖަހާ އަދަގޮނޑިން ދެން ސަލާމަތްނުވެވޭނެކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާއި ދިމާކޮށް ސަރުކާރުން ވަމުންދާ ވައުދުތަކަކީ އަމިއްލައަށް ޖަހާ އަދަގޮނޑިތަކެއްގެ ގޮތުގައި ސިފަކުަރައްވާ އާދަމް ޝަރީފް ވިދާޅުވީ ބުރަކަށިން ހަން ދުއްވައިގެން ނޫން ގޮތަކަށް އެކަމުން ދެން ސަރުކާރަށް ސަލާމަތް ނުވެވޭނެކަމަށެވެ.

ސަރުކާރުން މިދަނޑިވަޅުގައި ހަދަމުންދަނީ ސަލާމަތްވެވޭނެ ވަރަށްވުރެ ބޮޑެތި ގޯސްތަކެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އިންތިހާބާއި ދިމާކޮށް އެތައް ވައުދެއް ވަމުންދާއިރު މިހާރު ވަމުންދާ ވައުދުތައް ގާނުނާއި ޚިލާފުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިވަގުތު ސަރުކާރުން ކޮމަންޑޫ ދާއިރާގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ބަޖެޓުގައި ނެތް މަޝްރޫއުތަކެއްކަމަށްވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އިންތިހާބު ކޮންމެ ގޮތަކަށް ދިޔަސް ސަރުކާރުން ވަމުންދާ ވައުދުތައް ފުއްދަންޖެހޭނެ ކަމަށެވެ. އަދި އެވައުދުތައް ނުފުއްދައިފިނަމަ ސަރުކާރުން 2023 މަތިން ހަނދާން ނައްތާލަން ޖެހޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

“މިހާރު އެދަނީ އަމިއްލައަށް ބަންނަމުންދާ އޮޑީގެ ފަށަން ދުއްވާލަމުން. މިއަދު ގަބޫލެއް ނުކުރެވޭ މިހާރު އެކުރާ ކަންކަމުން ހަމަމަގަށް އަޅުވައިގެން ސަރުކާރު ހިންގިދާނެކަމަށް ގަބޫލެއް ނުކުރަން” އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިހާރުވެސް ފެންނަމުން މިދަނީ ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތައް ހަނދާން ނައްތާލާފައިވާ މަންޒަރު ކަމަށެވެ. އެކަން ރައްޔިތުންނަށް ފެންނަމުންދާ ކަމަށާއި އާ ވައުދުތަކެއްވުމުން ކުރިން ވެފައިވާ ވައުދުތައް މަތިން ރައްޔިތުން ހަނދާން ނުނެތޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިހާރު ބައި އިލެކްޝަންއާއި ދިމާކޮށް ރައްޔިތުންނަށް ވަމުންދާ ވައުދުތައްމަތިން އިންތިހާބަށްފަހު ހަނދާން ނުހުންނާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިހާރު ވަމުންދާ ވައުދުތަކާއެކު ސަރުކާރުން އެޖަހަނީ އަމިއްލަ އަދަގޮނޑިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: