ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫއަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ގާސިމް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ 05 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެ ދާއިރާއަސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންތިހާބުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރަނީ އެމްޑީޕީގެ ކެނޑިޑޭޓަށެވެ. އަދި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކޮށް ބަޔާނެއް އާއްމުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ ޓީމަކާއި އެކު ގާސިމް ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ފަހު އެވެ.

މި ދަތުރުގައި ޖޭޕީގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓަރޯލާރ ގެ މަގާމުގައި ހުންނެވި އަހުމަދު ހުސެއިން (ހަނަފީ) އާއި، ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނަވާ އަހުމަދު ސަމީރު، އަދި ޖޭޕީގެ ސްލޮޓެއްގައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން ޝާހު، އަދި ޖޭޕީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި އަލީ ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންތަކަށް ގާސިމް ވަޑައިގަންނަވާތީ، ބައެއް ބޭފުޅުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް ޖޭޕީގެ ތެރެއިން އެ މައްސަލަ ބޮޑުވީ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ވާދަކުރި ކެނޑިޑޭޓުންގެ ކެމްޕެއިނުގައި ގާސިމް ބައިވެރިވެވަޑައިގެންފައި ނުވާތީ އާއި، ކޮވިޑުގެ ހައިރިސްކުކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖެލްސާތަކަށް މިދިޔަ ދޮޅު އަހަރު ޙާޒިރުވެފައި ނުވާތީ އެވެ.

މީގެ އިތުރުން ގާސިމް މާލެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ޕާޓީގެ ހަރަކާތްތައް ހުއްޓި، ޕާޓީގެ ތެރެއިން އެހެން ޕާޓީއެއް އުފެދިގެން ދިޔަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: