ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށް މައްސަަލައިގެ ތާވަލެއް: ހުލާސާ ބަޔާން އޮކްޓޯބަރުގައި، ހުކުމް ކުރުން ނޮވެމްބަރު މަހު!

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގެ ހުކުމް އިއްވުން އަހަރުގެ ފަހުކޮޅު ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމަވައިފި އެވެ.

ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ. މިއަދު މައްސަލައިގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ގާޒީ ވަނީ މައްސަލަ ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައްވާފަ އެވެ. އަދި ގާޒީ ޝަކީލް ވިދާޅުވީ ދައުވާތަކަށް ޖަވާބުދާރީވުމާއި، އަދި އިބްތިދާއީ މަރުހަލާ އަންނަ މޭއި މަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އެއަށް ފަހު ޖުލައި މަހު ހެކިންގެ ހެކިބަސް ނަގައި، އޮކްޓޯބަރު މަހު ހުލާސާ ބަޔާން އިއްވުމަށް ފަހު ނޮވެމްބަރު 25 ގައި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.

މައްސަލައިގައި މި މަހުގެ ކުރީކޮޅު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ޝަރީއަތް ލައިވްކޮށްދިނުމަށް އެދިވަޑައިގެނަފަ އެވެ. ނަމަވެސް ގާޒީ މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ޝަރީއަތް ލައިވްކޮށް ދެއްކޭނެ ވަސީލަތްތައް މިވަގުތު ކޯޓުގައި ނެތްކަމަށާއި، އެ ވަސީލަތްތައް ލިބުމުން ޝަރީއަތް ކުރިޔަށް ގެންދާނީ އާއްމުކޮށް ހުޅުވާލައިގެން ކަމަށެވެ. ގާޒީ މިގޮތަށް އިއުލާނު ކުރެއްވުމުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގައި ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަމަށާއި، މިއީ އާއްމު މަސްލަހަތާއި ގުޅުން ހުރި ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައެއްކަމަށެވެ. އެހެންކަމުން ލައިވް ކުރުމުގެ ވަސީލަތްތައް ލިބެންދެން ޝަރީއަތްތައް މަޑުޖައްސާލުމަށް ޑރ. ޖަމީލް ހުށަހެޅުއްވި އެވެ.

އެ ހުށަހެޅުމަށް ދައުލަތުން ވެސް ބުނީ މިފަދަ ބޮޑެތި މައްސަލަތައް ލައިވްކޮށް ކުރިޔަށް ގެންދިއުމުގައި މައްސަލައެއް ނެތްކަމަށާއި، ލައިވް ކުރެވެން ނެތްނަމަ އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުން ރަނގަޅުކަމަށް ދެކޭކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކާއި އެކު ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ވ. ފެލިދޫ، ހަނދުވަރީގޭ، ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާ އުފުލާފައި ވެއެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދަނީ އެއްކޮށް ނަމަވެސް ޔޫސުފް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މިވަގުތަށް މައްސަލަ ކުރިޔަށް ގެންދާނީ ވަކީންނެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، ރައީސް ޔާމީން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވައި ތަހުގީގުތަކެއް ކުރިޔަށްދާއިރު މީގެ ތެރެއިން ރ. ފުއްގިރީ އަކީ ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލަ އެވެ.

ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި އެއް މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: