ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮނިޓަރިންގެ ހާލަތުގައި 31 ރަށެއް

މޮނިޓަރިން ހާލަތުގައި މިވަގުތު 31 ރަށެއް އެބައޮތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކުގެ ތެރެއިން 31 ރަށެއް މިވަގުތު މޮނިޓަރިން ހާލަތުގައި އެބައޮތްކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ އަދަދެއްގެ ރަށްތަކެއް އަންނަނީ މޮނިޓަރިންއަށް ލަމުންނެވެ. މިއަހަރު ފެށުނުފަހުން މޮނިޓަރިންއަށް ގިނަ ރަށްތަކެއް ލަމުންދާއިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައިވެސް 19 ރަށެއް މޮނިޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ.

ފާއިތުވި ހަފްތާ ތެރޭގައި މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫއާއި ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ ކުޑަފަރި އާއި މާޅެންދޫ، ގދ. ތިނަދޫ އާއި މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ އާއި ހުޅުދެލި ހިމެނެއެވެ. މީގެ އިތުރުން ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި ހިމެނެއެވެ.

މިނޫނަސްވެސް ގިނަ ރަށްތަކެއް އަދިވެސް މޮނިޓަރިން ހާލަތުގައި އޮތްއިރު އެންމެ ގިނަ ދުވަސްތަކެއް ވަންދެން މޮނިޓަރިން ހާލަތުގައި މިހާރު އޮތީ ކ. މާފުށިއެވެ. މާފުށި މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެންމެ ފަހުން އިއްޔެ މޮނިޓަރިންއަށް ގެނެސްފައިވަނީ ނ. މާޅެންދޫއެވެ.

މާލެ ސިޓީ ފިޔަވައި އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް މިހާތަނަށް ފެނިފައިވަނީ އައްޑޫ ސިޓީއިންނެވެ. މިވަގުތު އައްޑޫ ސިޓީ މޮނިޓަރިން ހާލަތުގައި ނެތްނަމަވެސް، އައްޑޫ ސިޓީއިންވެސް އަނެއްކާވެސް ގިނަ އަދަދެއްގެ ކޭސްތަކެއް އަންނަނީ ފެންނަމުންނެވެ. އިއްޔެވެސް އަލަށް 81 މީހުން އައްޑޫ ސިޓީއިން ޕޮޒިޓިވްވިއިރު އައްޑޫ ސިޓީގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 776 ކޭސް އެބައޮތެވެ. ހިތަދޫގައި 355 އެކްޓިވް ކޭސް އޮތްއިރު، ފޭދޫގައި 133 އަދި މީދޫގައި 124 ކޭސް މިވަގުތުވެސް އެބައޮތެވެ.

އިއްޔެ މާލެ ސަރަހައްދުންވެސް 1280 ކޭސް ފެނުނުއިރު އަތޮޅުތެރެއިން ޖުމްލަ 697 ކޭސް ވަނީ ފެނިފައެވެ. އިއްޔެ ޖުމްލަ 2499 ކޭސް ފެނުނުއިރު މިވަގުތު މުޅި ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 16،950 ކޭސް އެބައޮތެވެ. މިވަގުތު 54 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. އިއްޔެވެސް ބަލީގައި 2 މީހަކު ނިޔާވިއިރު، ބަލީގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް މި އަންނަނީ ގޯސްވަމުންނެވެ. އެހެންނަމަވެސް، އެކަމާއިމެދު އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ނުރުހުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: