ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފަށް ވަކި އުސޫލެއް އޮވެގެން ނުވާނެކަމަށް ބުނެ އިދިކޮޅުން މައްސަލައެއް މަޖިލީހަށް ހުށަހަޅަނީ!

ރައީސް އަބްދުﷲ ޔާމީން އަބްދުލައްގަޔޫމާއި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުމަށް އިދިކޮޅުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހިނގައިދިޔަކަމަށް ބުނާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުތަކެއްކޮށް، އެ ފައިސާއިން މަންފާ ނެންގެވިކަމަށް ސަރުކާރުގެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ. އަދި ވެރިކަން ބަދަލުވެ ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާކަމަށް ބުނާ ފައިސާތަކެއްގެ މައްސަލަ ބެލުމާއި، އަދި އެނޫން ވެސް މަރުހަލާތަކަށް ފަހު އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލި އެވެ. އެ މައްސައްލައިގައި އޭރު ވެސް އިދިކޮޅުން ބުނަމުން ދިޔައީ މިއީ ސިޔާސީ ދައުވާއެއް ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ކުރީގެ ރައީސް ޔާމީން މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގެ ހުކުމް އިއްވުން މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އަދި އެކަމުގެ ތާވަލެއް އެކުލަވާލިއިރު ހުކުމް އިއްވުން ތާވަލު ކުރީ ނޮވެމްބަރު މަހަށެވެ. އަދި ހުލާސާ ބަޔާން އިއްވުން އޮންނާނީ އޮކްޓޯބަރު ގަ އެވެ.

މީގެ އިތުރުން ފުއްގިރީގެ މައްސަލައިގެ އަޑުއެހުންތަކާއި ގުޅޭގޮތުން ވެސް ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެމްޑީޕީގެ ބައެއް ޖަލްސާތަކުގައި އެ ޕާޓީގެ މެމްބަރުން ވަނީ ރައީސް ޔާމީން ވަރަށް އަވަހަށް ޖަލަށްލާނެކަމަށް ވިދާޅުވެފަ އެވެ. އެ ވާހަކަތާއި މެދު ކަންބޮޑުވުންފާޅުކޮށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރޯދައިގެ ކުރިން ރައީސް ޔާމީން ޖަލަށް ލާނެކަމަށް ބުނެ ސަރުކާރުގެ އިސްވެރިން އިންޒާރު ދެމުންދާތީ ކަންބޮޑުވާކަމަށެވެ.

ގއ. ވޮޑަމުލާ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަމަށް ބުނާ މައްސަލައިގެ ދައުވާ 2019 ގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ ފަސް އަހަރުގެ ޖަލު ހުކުމް ބާތިލު ކުރައްވާފަ އެވެ. އަދި މިވަގުތު ދެން ކްރިމިނަލް ކޯޓުގައި ކުރިޔަށް ދަނީ އަލަށް ހުށަހެޅި ވ. އާރަށުގެ މައްސަލަ އާއި، ރ. ފުއްގިރީގެ މައްސަލަ އެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި، އަދި އެމްޑީޕީގެ މެމްބަރުން ދަނީ ރައީސް ޔާމީންގެ ޝަރީއަތްތައް ކުރިޔަށް ނުދާކަމަށް ބުނެ ނުރުހުންފާޅުކޮށްފަ އެވެ. އަދި ބައެއް ބޭފުޅުން އެމަނިކުފާނުގެ ހުކުމް ބާތިލު ކުރުމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނެރުނު ރަޣުޔަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެ އެވެ.

ރައީސް ޔާމީނާއި މެދު ވަކި އުސޫލަކުން އަމަލު ކުރާތީ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅުމަށް ތައްޔާރުވަމުންދާކަން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމނަދު ޝިޔާމް ވަނީ “ސަންގު” އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ދާދި ފަހުން ރައީސް ޔާމީންގެ މައްސަލަ ހިމެނޭހެން ޖިނާއީ މައްސަލަތައް ތާވަލާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ޖުޑިޝަރީ ކޮމިޓީން މުވައްސަސާތަކާއި ބައްދަލު ކުރުމަށް ނިންމުމާއި، ރައީސް ޔާމީންގެ މައްސަލަތައް އަވަސް އަރުވާލައިގެން ކޯޓުގައި ކުރިޔަށް ގެންދަން އުޅޭކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ. އަދި ހާއްސަކޮށް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން ޔޫތް މިނިސްޓަރުގެ މައްޗަށް އެެއްވެސް ފިޔަވަޅެއް ނާާޅާތީ އާއި، ޝަރީއަތްތައް ފަސްކޮށްފައިވާތީ މިއީ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ހެއްކެއްކަމަށް ޝިޔާމް ވިދާޅުވި އެވެ.

“އަޅުގަނޑުމެން ބޭނުންވަނީ އެކަމުގެ އެކްސްޕްލަނޭޝަނެއް… އެބޭފުޅުންގެ މެމްބަރަކަށް، ނޫނީ އެ ބޭފުޅުން ނިންސްބަތްވާ ގައުމީ މަޖިލީހުގެ ޕާޓީގެ މެމްބަރަކަށް ވަކި ގޮތެއް އޮންނަންވީ ކީއްވެގެން ތޯ” ޝިޔާމް

ޝިޔާމް ވިދާޅުވީ މަހުލޫފަކީ އެމްޑީޕީގެ މެމްބަރަކަށް ވުމުން، ކޮވިޑުގެ ނަން ބޭނުންކޮށް ވަކި އުސޫލެއް އޮވެގެން ނުވާނެ ކަމަށެވެ. އެވެސް އެމްއެމްޕީއާރުސީގެ މައްސަލައަކަށްވާއިރު މިކަމުގައި ދެ ގޮތަކަށް އަމަލު ކުރުމަކީ ކަންބޮޑުވުމެއްކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ކޮވިޑުގެ ހާލަަތު ގޯސްކަމަށް ބުނެ މަހުލޫފްގެ ޝަރީއަތް މަޑުޖައްސާލިކަމަށް ކޯޓުން މީޑިއާތަކަށް ބުނިތާ މާގިނައިރެއް ނުވެ ރައީސް ޔާމީންގެ މައްސަލަ ކޯޓަށް ހާޒިރުވެގެން ކުރިޔަށް ގެންދާ ގޮތަށް ތާވަލު ކުރިކަމަށެވެ. ކޮވިޑްގެ ހާލަތު އަންނާނީ ވަކި މައްސަލައަކަށް ނޫންކަމަށާއި ޝަރުއީ ނިޒާމު ގޮސްފައިވާ ހިސާބު މިކަމުން އެކަނިވެސް އެނގޭކަމަށް އޭނާ ވިދާޅުވި އެވެ.

އާރަށުގެ މައްސަލައިގައި މި ހަފްތާގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މަހުލޫފްގެ ދައުވާ ކުރިޔަށް ނުދާ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެގޮތަށް ޝަރީއަތުގައި ވިދާޅުވުމުން މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ޝަކީލް ވިދާޅުވީ މަހުލޫފްގެ މައްސަލަ މަޑުޖައްސާލުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައި ނުވާނެކަމަށާއި އެ އަޑުއެހުންތައް ތާވަލު ކުރައްވާނީ މައްސަލަ ބައްލަވާ ގާޟީ ކަމަށެވެ. އަދި ވަކި މީހަކަށް ވަކި ގޮތްތަކެއް ހަމަޖައްސަައި، ލުއިތަކެއް ކޯޓުން ނުދޭނެކަމަށް ގާޟީ ވިދާޅުވި އެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ޝަރީއަތްތައް ކެންސަލް ވުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

މަހުލޫފްގެ އަޑުއެހުން ތާވަލު ކުރުމަށް ފަހު ކެންސަލް ކުރިއިރު، އޭނާ ހުންނެވީ ފެބްރުއަރީ 05 ގައި ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގެ ކެމްޕެއިނަށް އެ ދާއިރާގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: