ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގެ ހާލަތު ގޯސް، 168 މީހުން ޕޮޒިޓިވް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 168 އަށް އަރައިފި އެވެ.

ކަރެކްޝަނުން ބުނީ މާފުށި ޖަލުން މިހާތަނަށް 153 ގައިދީއަކު ޕޮޒިޓިވްވެފައިވާ ކަމަށާއި މި ކޭސްތަކާ ގުޅިގެން 82 ގައިދީއަކު ކަރަންޓީނުކޮށްފައިވާ ކަމަށެވެ. ގައިދީންގެ އިތުރުން 15 އޮފިސަރަކު ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި އެ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކުގެ އިތުރުން ކޯޓު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިންކޮށެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: