ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ހުކުމް އިއްވާ ތާރީހު އަވަސް ކުރީ ސަރުކާރުން އަންގައިގެން: އާސިފް

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި، ވ. އާރަށުގެ މައްސައްލައިގައި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމްގެ މައްޗަށް ހުކިމް އިއްވުން ނޮވެމްބަރު މަހު އިއްވާނެކަމަށް ހާމަކުރުމަށް ފަހު އެ ތާރީހު ބަދަލު ކުރުމަކީ ޖުޑިޝަރީ ދާއިރާއަށް ނުފޫޒު ފޯރުވުންކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

އާރަށުގެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ އަންގާރަ ދުވަހު ބޭއްވުމަށް ފަހު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ޝަރީއަތުގެ ތާވަލެއް ދެއްވި އެވެ. އެ ތާވަލުގައި ވާގޮތުން ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ސެޕްޓެމްބަރު މަހާއި ހަމައަށް ކުރިޔަށްދާނެ އެވެ. އެއަށް ފަހު މައްސަލައިގެ ހުލާސާ ބަޔަން އޮކްޓޯބަރު މަހު އިއްވައި، ހުކުމް ކުރާނީ ނޮވެމްބަރު މަހު އެވެ. ނޫސްވެރިން ވެސް ބައިވެރިވި އެ ޝަރީއަތުގައި ގާޒީ ދެއްވި ތާވަލުގައި ހެކިން ބަލައިގަތުމާއި ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ދެ ފަރާތުގެ ވާހަކަތައް ކުރިޔަށް ގެންދާނެ ދުވަސްތައް ވެސް ހިމަނާފައި ވެއެވެ.

“ސަންގު” އާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ، އަހުމަދު އާސުފް ވިދާޅުވީ ގާނޫނީ ޓީމަށް މައްސަލައިގެ ތާވަލު ލިބިފައިވާކަމަށާއި، އޭގައި ވާ ތާރީހުތަކާއި އެންމެ ފަހުން ނޫސްވެރިންގެ ވެސް ހާޒިރުގަިއި ދިން ތާވަލާއި ބޮޑެތި ތަފާތުތަކެއްވާ ކަމަށެވެ.

އާސިފް ވިދާޅުވީ އިއްޔެ ލިބުނު ތާވަލުގައި ބުނާ ގޮތުން ރައީސް ޔާމީނަށް ހުކުމް އިއްވާ ތާރީހަކީ ޖޫން މަހެވެ. އޭނާ ވިދާޅުވީ މިއީ ސީދާ ޝަރޫއީ ނިޒާމަށް ނުފޫޒު ފޯރުވުންކަމަށާއި، ތާވަލަށް އެއްވެސް ބަދަލެއް ގެންނަކަމުގައި ވާނަމަ ވަކީލުންނާއި މަޝްވަރާ ކުރަންޖެހޭނެކަމަށް ގާނޫނު ބުނާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ދެކެވިފައިނުވާކަމަށް ވަކީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްސަލަ އަވަސް އަރުވާލައިގެން ކުރިޔަށް ގެންދަން އުޅޭކަމުގެ ތުހުމަތުތަކެއް މީގެ ކުރިން ވެސް އިދިކޮޅުން ކުރި އެވެ. ހާއްސަކޮށް އެމްޑީޕީގެ އެކި ޖަލްސާތަކުގައި އެ ޕާޓީގެ ބައެއް އިސްބޭފުޅުން ވަނީ ރައީސް ޔާމީން ޖަލަށް ލާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ މައްސަލައާއި، އަދި އެ ނޫން ވެސް ޖިނާއީ މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބައްދަލުވުމެއް ބޭއްވުމަށް ފަހު އެމްޑީޕީގެ މެމްބަރުން ވަނީ ރައީސް ޔާމީންގެ މައްސަލަ ކުރިޔަށް ދަނީ ޖިނާއި އިޖުއާއަތުގެ ގާނޫނާއި އެއްގޮތަށްތޯ ބަލަން ޖެހޭކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލައިގެ ތާވަލެއް ހޯދުމާއި ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: