ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ހުކުމް ކުރުން އަވަސްކުރި މައްސަލަ މަޖިލީހަށް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން އަވަސް ކުރަން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައިދިނުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އެދިވަޑައިގެންފި އެވެ.

ޝިޔާމް މިކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ. ޝިޔާމްގެ ސިޓީގައި ރައީސް ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓްގައި ޖަނަވަރީ 27ގައި ބޭއްވުނު އަޑުއެހުމުގައި އެކުލަވައިލި ތާވަލަށް ބޮޑު ބަދަލެއް ގެނެސް އެ މައްސަލާގައި ޖޫން މަހު ހުކުމްކުރާ ގޮތަށް ނިންމާފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ނިންމުމަކީ ސަރުކާރުގެ ނުފޫޒުން ނިންމާފައިވާ ނިންމުމެއް ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

ދައުވާގެ އަޑުއެހުންތައް ނިންމާ ހުކުމްކުރުން މީގެ ކުރީން އެކުލަވައިލި ތާވަލުގައި އޮތީ ނޮވެންބަރު 25 ކަމަށްވެސް ޝިޔާމްގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީނާމެދު މިގޮތަށް އަމަލުކޮށްފައިވާއިރު އެމްއެމްޕީއާރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ޝަރީއަތް ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ކަމަށާ ކޯޓްތަކުން ކުރާ ޝަރީއަތަކީ ހުރިހާ އެންމެނަށްވެސް އަދުލުވެރިކަމާ އިންސާފުވެރި ކަމާއެކު ކުރެވޭ ޝަރީއަތްތަކަށް ވާން ޖެހޭނެ ކަމަށް ޝިޔާމްގެ ސިޓީގައި ވިދާޅުވެފައެވެ. ނަމަވެސް މިހާރު ފެންނަނީ ސަރުކާރުން ކޯޓްތަކުގެ ތެރެއަށް އަތްބާނާ ރައީސް ޔާމީންގެ ހައްގުތަކަށް އަރައިގަނެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ހައްގު ނިގުޅައިގަންނަމުންދާ މަންޒަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

“އެހެން ކަމުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލަ ކުރިއަށް ނުގެންގޮސް ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ދައުވާ އުފުލާ ޝަރީޯއަތަށް އަތްބާނާ ޖޭއެސްސީ ހައިޖެކް ކޮށްގެން އުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީޯ ކޮމެޓީން ބައްލަވާ ދެއްވުން އެދެމެވެ،” ޝިޔާމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: