ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮއިދޫ ފެނާއި ނަރުދަމާގެ ބޮޑު ބައެއް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ގޮއިދޫގައި ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ބ. ގޮއިދޫގައި ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މަސައްކަތް ނިމުމުން 70 ޓަނުގެ ވާރޭ ފެން އަދި 140 ޓަނުގެ ސަޕްލައި ފެން ރައްކާކުރެވޭނެ އިންތިޒާމް އެރަށުގައި ހަމަޖެހިގެންދާނެކަމަށެވެ.

ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން 15.9 ކިލޯމީޓަރުގެ ފެނުގެ ވިއުގައާއި 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމްކުރާނެއެވެ.

މިމަޝްރޫޢުގެ ދަށުން ގޭބިސީތަކާއި ސަރުކާރު އޮފީސްތަކާއި ގެސްޓްހައުސްތައް ހިމެނޭގޮތައް 153 ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބަހައްޓާ ޢިމާރާތުގެ ހުރިހާ މަސައްކަތެހެން މިހާރު ވަނީ ނިމިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: