ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގައި ކިޔަވާ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންގެ ވިސާ ފީ މަޢާފްކޮށްދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މަޢާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އާދަމް މަޒްވަރީ ޖައުފަރު ސާދިގު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ އައު ސަފީރު މަޤާމާ ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ސަފީރު ވަނީ ތަފާތު މައުޟޫޢުތަކުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިޤްތިޞާދީގުޅުން ވަރުގަދަކުރުމާއި ތަޢުލީމު ކުރިއެރުވުމާއި އަދި ދަނޑުވެރިކަން ކުރިއެރުންފަދަ މައުޟޫޢުތައް ހިމެނެއެވެ.

ރާއްޖެއިން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ސްރީލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މަޢާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ސްރީލަންކާގެ ސަރުކާރުން ނިންމަވައި ދެއްވާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އަދި މި ކަމަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ސަފީރު ވަނީ ދެ ޤައުމުގައި ކޯވިޑް-19ގެ ހާލަތު މިހާރު އޮތްގޮތުގެ މައްޗަށް ވާހަކަފުޅު ދައްކަވައި، ބަލިން ދިފާއުވުމަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެބްރުވަރީ 4 ވަނަ ދުވަހު ފާހަގަކުރާ ސްރީލަންކާގެ 74 ވަނަ މިނިވަންދުވަހުގެ މުނާޞަބާގެ ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މިދިޔަ 2021 ވަނަ އަހަރު އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ބޭއްވެވި މަޝްވަރާތަކަށް އަލިއަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްރީލަންކާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ފާއިތުރި އަހަރުތަކުގައި ސްރީލަންކާގެ ސަރުކާރުން ރާއްޖެއަށް ދިން އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ސަފީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ދެ ޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ. ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1965ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: