ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޝާރާތު ބަހުން މަޖިލީހުގެ ޖަލްސާތައް ގެނެސްދެނީ

މިއަދު ކުެރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ދައްކާ ވާހަކަތައް އިޝާރާތު ބަހުން ގެނެސްދިނުމަށް ނިންމައިފިއެވެ.

މަޖިލީހުގެ މީޑިޔާ އޮފިޝަލް މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަޖިލީހުގެ އިދާރާއިން މޯލްޑިވްސް ޑެފް އެސޯސިއޭޝަންއާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ބައްދަލުވުމުގައި ރަނގަޅު ނިންމުންތަކެއް ނިންމާފައިވާކަމަށާއި މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފެށިގެން އިޝާރާތު ބަހުން މަޖިލީހުގެ ޖަލްސާތަކުގައި ދައްކާ ވާހަކަ ވީޑިޔޯ އިންޓަޕްރިޓަރއެއް މެދުވެރިކޮށް ގެނެސްދެވޭނެކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާއިން ހުސްވި އަހަރުގެ ތެރޭގައި ޒުވާނުންނަށް އަމާޒުކޮށް ބޭއްވި ނަމޫނާ މާދިރީގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުގެ ހުރިހާ އެންމެންނަށް ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތާއި މަޖިލީހުގައި ދެކެވޭ ވާހަކަތަކާއި ފާސްކުރެވޭ ބިލުތަކާއި ގެނެވޭ އިސްލާހުތައް އާންމުންނަށް ފަސޭހައިން ފޯރުކޮށްދެވޭނެކަމަށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެދުވަހުގެ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: