ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނާއި މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސްކަމަކަށް ފުރުސަތު ނުދޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނާއި މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސްކަމަކަށް ފުރުސަތު ނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އިސްތިގްލާލަށް ބުރުލެއް އައުމަށް ސަރުކާރުން އެއްވެސް ފުރުސަތެއް ނުދޭނެކަމަށެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިނުމާއި އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރިއަށްގެންދެވުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިމާމުންނާއި މުދިމުންނަށް އިސްލާމީ ތައުލީމުގެ ރޮނގުން ޑިގްރީ ހޯދާދިނުމަށް 290 މީހުން ތައުލިމީ މަރުހަލާ ފުރިހަމަކުރަމުންދާކަމަށް ވިދާޅުވެފައެވެ. ގުރްއާން މުދައްރިސުން ބިނާކުރުމަށް 1599 މީހުން ވަނީ ތަމްރީންކޮށް ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: