ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރަށްވެހިންނަށް ގޯތިދޭނެކަން ރައީސް އިއުލާންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރަށްވެހިންނަށް ގޯތިދޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރައްވައިފިއެވެ.

ރިޔާސް ބަޔާން އިއްވަވަމުން ރައީސް ވަނީ މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަން ރައީސް އިއުލާންކުރެއްވިއެވެ. އަދި މިމަސައްކަތް މިއަހަރުގެ ޖޫންގައި ފަށާނެކަމަށް ވިދާޅުވިއެވެ. ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2000 ގޯތި މާލޭގެ ރަށްވެހިންނަށް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

“މިރިޔާސީ ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިން ކަނޑާ ގޯތީގެ ފަތް ދިނުމަށްފަހު: ރައީސް”

ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ޖުމްލަ 2180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާކަމަށެވެ. އަދި ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: