ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުވާނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މޭ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. .

ރައީސް ވިދާޅުވީ މސުާރަ ބޮޑުކުރުމާއެކު ގްރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާއި ނުލައި 12،628 ރުފިޔާއިން 19،740 ރުފިޔާއަށް ބޮޑުވާނެކަމަށެވެ.

ތައުލީމީ ދާއިރާއިން ހާސިލްކުރި ކާމިޔާބީއަށް އަލިއަޅުވާލައި ބ ފެެހެންދޫ އާއި ވ ތިނަދޫގެ ދަރިވަރުންނަށް ސެޓެލައިޓް ސްކޫލްގެ ހިދުމަތް މުޅިން އަލަށް ފެށުނުކަން ފާހަގަކުރެއްވިއެވެ. އަދި ނިމިދިޔަ އަހަރު 4082 ޓީޗަރުންނަށް ބޭނުންވާ ތަމްރީން، 20 ޕްރިންސިޕަލަކަށް މާސްޓާޒް ފެންވަރަށް ތަމްރީންވުމަށް ބޭރުން ފުރުސަތު ހޯދާދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

“ހިތްވަރެއްހުރި ކޮންމެ ދަރިއަކަށް ހިލޭ ޑިގްރީ ލިބޭނެ. ޑިގްރީ ޕްރޮގްރާމްތަކުން 12،730އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދާދެވިއްޖެ. މިހާރުވެސް 2،127 ދަރިވަރުން ވަނީ ޑިގްރީ ފުރިހަމަކޮށްފައި” ރައީސް

ރައީސް ވަނީ ސްޓޫޑަންޓް ލޯންގެ ދަށުން އިތުރު 720 ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ އަލިފުށި ޓިވެޓް ސެންޓަރު ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެކަމަށާއި ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި ތުލުސްދޫގެ ޕޮލިޓެކްނިކް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: