ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަތޮޅަކުން މިހާރު ސައިކޭޓްރިސްޓުންގެ ހިދުމަތް ލިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަސް އަތޮޅަކުން މިހާރު ސައިކޭޓްރިސްޓުންގެ ހިދުމަތް ލިބޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯޅިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ސިއްހީ ދާއިރާއަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ އިންޕޭޝަންޓް ކެއަރ ޔުނިޓް އަންނަ އޭޕްރިލް މަހު ނިންމާލެވޭނެކަމަށެވެ.

5 ޓާޝަރީ ހޮސްޕިޓަލުގައި މިހާރު ސީޓީ އަދި މޯބައިލް އަލްޓްރާ ސައުންޑް ސްކޭނާއެކު ލެބޯޓަރީ ނިޒާމް ފުރިހަމަކުރެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. އުތުރާއި ދެކުނުގައި އެމްއާރްއައި ހިދުމަތާއި ހިތުގެ ބަލިތައް ދެނެގަނެ ފަރުވާދޭނެ ނިޒާމް ގާއިމްކުރެވިއްޖެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިވަގުތުވެސް 4 ޓާޝަރީ ހޮސްޕިޓަލެއްގައި ފުރިހަމަ ޑެންޓަލް ހިދުމަތް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެހިދުމަތް މިކުއާޓަރުގައި ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. ހދ. ކުޅުދުއްފުށި، ލ. ގަން އަދި ގދ. ތިނަދޫގައި 100 އެނދުގެ އާ އިމާރާތުގެ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 7 އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު، 12 ރަށެއްގައި 30 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން 96 ރަށަކަށް ޒަމާނީ އެމްބިޔުލާންސް ފޯރުކޯށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 41 އެމްބިޔުލާންސް ރާއްޖެ ގެނެވި، ރަށްތަކަށް ފޮނުވިފައިވާ ކަމަށާއި އަންނަ މާޗް މަހުގެ ނިމޭ ހިސާބުގަ ބާކީ ރަށްތަކަށް އެމްބިޔުލާންސް ފޮނުވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: