ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށި އަނިޔާ ލިބޭ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް 3 މަރުކަޒެއް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާގެ ޝިކާރައަށް ވާ ފަރާތްތަށް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް 3 މަރުކަޒެއް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވައިދެއްވައި ރައީސް ވިދާޅުވީ، އަނިޔާގެ ޝިކާރައަށް ވާ ފަރާތްތަށް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެ މީހުންނަށް ހާއްސަ ކުރާ މަރުކަޒުތައް ރ. އުނގޫފާރާ، ހުޅުމާލޭގެ އިތުރުން އައްޑޫ ހިތަދޫގައި ގާއިމު ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތާއި އެކު މަސްތުވާތަކެތީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސްތުވާ ތަކެއްޗަކީ އޭގައި ވަރަށް ބޮޑު ފަހަތެއް އޮންނަ އިންތިޒާމްވެ ގުޅިގެން ހިންގާ ބައިނަލްއަގުވާމީ ބޮޑު ވިޔަފާރި އެއް ކަމަށެވެ. އަދި މި ދޮރުތައް ބަންދުކޮށް ވިޔަފާރި ހުއްޓުވުމަކީ އިންތިހާ އަށް ގޮންޖެހުން ބޮޑު ކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: