ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭގޮތަށް ގަން އެއާޕޯޓު ތަރައްގީކުރެވޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭގޮތަށް ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް 236.5 ހެކްޓަރުގެ ބިން އިތުރުކުރެވޭނެކަމަށެވެ. މީގެ ތެރޭގައި އައްޑޫގެ ފަތުރުވެރިކަމަށް އިތުރުކުރެވޭ ބިންވެސް ހިމެނޭ ކަމަށާއި މިމަޝްރޫއަށް ޖުމަލް 2.6 ބިލިޔަން ރުފިޔާއަށްވުރެ ގިނައިން ހަރަދުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ތަރައްގީނުކޮށް ރާއްޖެ ތަރައްގީނުކުރެވޭނެކަމށް ރައީސް ވިދާޅުވިއެވެ. އިންޑިޔާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫ ސިޓީގެ މަގުތައް ހަދާ ފެންބޮޑުވުން ހައްލުކުރުން މިހާރުެވސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މިމަޝްރޫއުގެ ދަށުން އެސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: