ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރި ކެމްޕެއިނަކަށްފަހު ކޮމަންޑޫ ދާއިރާގެ ވޯޓުލުން ފެށިގެން ކުރިއަށް

ކޮމަންޑޫ ދާއިރާގެ ވޯޓުލުން ފެށިގެން ކުރިއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

ވާދަވެރި ކެމްޕެއިނަކަށްފަހު ކޮމަންޑޫ ދާއިރާގެ ވޯޓުލުން ފެށިގެން ހެނދުނު 8:00އިން ފެށިގެން ކުރިއަށްދާއިރު މިއިންތިހާބަށް ކުރި ކެމްޕެއިނަކީ ރައްޔިތުންގެ މަޖިލީހުގެ ވަކި ގޮނޑިއަކަށް މިހާ ފޯރިގަދަކޮށް މިފަހުގެ ތާރީހެއްގައި ކެމްޕެއިންކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ބައި އިލެކްޝަންއެއްގެ އިންތިހާބަކަށް ބޮޑު އަހަންމިއްޔަތުކަމެއް ސަރުކާރުންނާއި އެހެން ސިޔާސީ ޕާޓީތަކުންވެސް ދީފައިވާއިރު މިކެމްޕެއިނަކީ ރިޔާސީ އިންތިހާބަށް ކުރި ކެމްޕެއިންފަދަ ކެމްޕެއިނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ. ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ އެކި ލީޑަރުންނާއި ޖުމްލަކޮށް އެކްޓިވް ހުރިހާ ސިޔާސީ ޕާޓީއެއްގެ ބޭފުޅުން ވަނީ ކެމްޕެއިންގައި ބައިވެރިވުމަށް އެރަށަށް ވަޑައިގެންފައެވެ. މިވަގުތުވެސް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ޖުމްލަ ތިން ސިޔާސީ ޕާޓީއަކުންނެވެ. އެއީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،309 މީހަކަށް ލިބިގެންވެއެވެ. އެއީ ކޮމަންޑޫއިން 1،406 މީހުން، ފޯކައިދޫއިން 1،201 މީހުން އަދި މަރޮށިން 703 މީހުންނެވެ.

މިއިންތިހާބަށް މާލެ ސިޓީގައި ތިން ފޮށްޓެއް ވަނީ ބަހައްޓާފައެވެ. ކޮމަންޑޫ އަދި ފޯކައިދޫ، މިއިން ކޮންމެ ރަށެއްގައި ދެ ފޮށި ބަހައްޓާފައިވާއިރު މަރޮށީގައި ބަހައްޓާފައިވަނީ އެއް ވޯޓު ފޮށްޓެވެ.

މެންދުރުފަހު 3:00ގެ ކުރިން ވޯޓުލައި ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއެވެ. ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތުގެ ތެރެއިން ފަހު އެއް ގަޑިއިރު ޚާއްސަކޮށްފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށެވެ. އެހެންނަމަވެސް، އެހެން އާންމުންނަށްވެސް އެވަގުތުގެ ތެރޭގައި ވޯޓު ލެވޭނެއެވެ.

ވޯޓުލުން ނިމުމާއެކު، އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: