ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވޯޓު ލައްވައިފި

ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ ވޯޓު ލައްވަނީ—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ އިންތިހާބު (ބައި-އިލެކްޝަން) ގެ ވޯޓުލުން ފޯރީގައި ފަށައިގެން ކުރިއަށްދާ އިރު، އިންތިހާބުގައި ވާދަކުރައްވާ ތިން ކެނޑިޑޭޓުން ވޯޓުލައްވަފި އެވެ.

ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށުނީ ހެނދުނު 8.00 ފެށިގެނެވެ. ވޯޓުލުން ކުރިއަށްދާއިރު އެހެން އިންތިހާބުތަކެކޭ އެއްގޮތައް ސަލާމަތީ ކަންކަން ފުލުހުން ގެންދަނީ ވޯޓުލާ މަރުކަޒުތަކުގައި ބަލަހައްޓަމުންނެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ލިސްޓުގައިވާ ގޮތުން ފޯކައިދު އާއި މަރޮށި އަދި ކޮމަންޑޫން 3،309 މީހުންނަށް މި ދާއިރާ އަށް ވޯޓު ލުމުގެ ހައްގު ލިބިގެންނެވެ. ވޯޓު ލުން ކުރިއަށްދާނީ ހެނދުނު 8.00 ފެށިގެން. ވޯޓުލުން ބަންދުވާނީ ހަވީރު 04.00ގައި އެވެ.

މި އިންތިހާބުގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެގޮތުން ކޮމަންޑޫ އާއި ފޯކައިދޫގައި ދެ ފޮށި ބަހައްޓާފައިވާއިރު މަރޮށީގައި އެއް ފޮށި ބަހައްޓާފައިވެއެވެ. މި ދާއިރާގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ދެ ފޮއްޓެއް ބަހައްޓާފައިވެއެވެ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: