ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންނަށް ރައީސް ޔާމީން ޖަލަށް ނުލެވޭނަމަ، ބަޔަކު ވަކިކޮށްގެންވެސް އެކަން ކުރާނަން: އާޒިމް

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް ރައީސް އަބްދުﷲ ޔާމީން ޖަލަށް ނުލެވޭ ކަމުގައިވާނަމަ، މަގާމްތަކުގައި ތިބި ބަޔަކު ވަކިކޮށްގެންވިޔަސް އެކަން ކުރާނެކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ހުށައެޅި އިސްލާހުގެ އިބްތިދާއީ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުން ވަނީ އެމްޑީޕީއަށް ހުރިހާ ބާރެއް ދީފައިކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ބައި އިލެކްޝަންގެ ގޮނޑިވެސް ދިވެހި ރައްޔިތުން ދިނީ އެމްޑީޕީއަށްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ތާހިރު ގައުމެއް ބިނާކޮށް ރައްޔިތުންނަށް ދައްކަން ޖެހޭކަމަށެވެ. އަދި ތާހިރު ގައުމެއް ބިނާކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރައްވަން ޖެހިވަޑައިގަންނަވަނީ ފަނޑިޔާރުންކަމަށާއި އެހެންނަމަވެސް ބައެއް ފަނޑިޔާރުން ކަންކަން ކުރައްވާގޮތުން ރައްޔިތުން ސުވާލު އުފައްދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ދާދި ފަހުން ސުޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީނާއިމެދު އިއްވި ހުކުމަކީ އަޖައިބުވާފަދަ ހުކުމެއް ކަމަށެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ސަތޭކަ މިލިއަނަށްވުރެ ގިނަ ފައިސާ ރައީސް ޔާމީންގެ އެކައުންޓްގައި ހުރިކަމަށް ހުރިހާ ފަނޑިޔާރުންވެސް އިއްތިފާގުވިކަމަށާއި އެހެންނަމަވެސް ސުޕްރީމް ކޯޓުގެ މަރުހަލާގައި ރައީސް ޔާމީން މިނިވަންވެގެން ދިޔުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއްކަމަށް އަޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހުކުމްތައް އިއްވަނީ ފެންނަން ހުރި ކަންކަމަށް ބެލުމަށްފަހު ކަމަށެވެ. އަދި ރައީސް ޔާމީންގެ ގެކޮޅު އިމާރާތްކުރައްވަމުން ގެންދަވާތީ އެކަން ފާހަގަކުރައްވާ 4000 އަކަފޫޓުގެ ބޮޑު ޓަވަރެއް ބިނާ ކުރައްވަމުންދާއިރު ރައްޔިތުން ތިބީ ބިކަ ހާލުގައިކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ހުކުމް ކުރާއިރު ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވި މީހަކު މާލޭ މަގުމައްޗަށް ދޫކޮށްލަންވީތޯ ފަނޑިޔާރުން ވިސްނާލަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ދޭދޭ ގައުމުތަކާއިމެދު އޮތް ގުޅުމަށް ބުރޫ އަރުވަން ކެމްޕެއިންތައް ހިންގުމަށް ރަށްތަކަށް އެރުމަށްވެސް ހުއްދަ ދޭންވީތޯވެސް ފަނޑިޔާރުން ވިސްނާލަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.

“ރައްޔިތުން ބުނީ މިކަންކަން ހުއްޓުވާށޭ. ފަނޑިޔާރުންނަށް އެކަން ނުވަންޏާ ވަކިކުރަންޖެހޭ ބަޔަކު ވަކިކޮށްގެންވެސް އަޅުގަނޑުމެން މިތިބީ އެކަން ކުރަން!” އާޒިމް

އާޒިމް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވޯޓުދެނީ މިފަދަ ކަންކަން ހުއްޓުވައި ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވި ބަޔަކު ބަންދުކުރުމަށް ކަމަށެވެ. އަދި ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ނުވަތަ މަގާމުތަކުގައި ތިބި ބަޔަކު މަގާމުތަކުން ވަކިކޮށްގެންވިޔަސް ދައުލަތުން ފައިސާ ނެގި ބަޔަކު ޖަލަށް ލާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އޭސީސީ، ސިވިލް ސާވިސް ކޮމިޝަން، އިލެކްޝަންސް ކޮމިޝަން އަދި ޖޭއެއެސްސީއަށް ބަދަލު ގެންނަންޖެހުނު ކަމުގައިވިޔަސް އެބަދަލުތައް ގެންނާނެކަމަށާއި އެހެންނޫން ނަމަ ރައްޔިތުން އެމްޑީޕީއަށް ވޯޓުދޭންވީ ސަބަބެއް ނެތްކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެމައްސަލަ އިސްތިއުނާފް ކުރުމުން ރައީސް ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުއެވެ. ރައީސް ޔާމީން މިނިވަންވުމާއެކު އިދިކޮޅުން ކުރިއަށްގެންދާ އިންޑިޔާ އައުޓް ކެމްޕެއިން ވަނީ ފުޅާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 86%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: