ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރިފުށީގެ ބަނދަރު އަޕްގްރޭޑް ވެގެންދާކަމީ ސިފައިންނަށް ލިބުނު މުހިއްމު ކުރިއެރުމެއް: މާރިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ގިރިފުށީގެ ބަނދަރު އަޕްގްރޭޑް ވެގެންދާކަމީ ސިފައިންނަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާޙުކުރުމަށް މިއަދު ހެނދުނު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ، ޒަމާނުއްސުރެ، ދިވެހިރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްވެގެންދާކަމީ، ދިވެހި ޤައުމީ ދިފާޢީ ބާރަށް ލިބުނު މުހިއްމު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ކުރިން، އެތައް އަހަރެއް ވަންދެން، ގިރިފުށީގެ ބަނދަރުގެ ކަނޑުތޮށި ރަނގަޅަށް ފެންވަރަށް ހެދުމަށްޓަކައި ބޭނުންވާ ފައިސާ އޮތީ ހަމައެކަނި ބަޖެޓު ފޮތުގައި ޖަހާފައި އޮތް ހިސާބު ޢަދަދަކަށް ވެފައިކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، މިކަމުގެ ސަބަބުން، ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.

ކަންމިހެން އޮއްވާ، 2020 ވަނަ އަހަރުގެ ފަހުކޮޅު، ރައީސް ޞާލިޙް، އެމްއެންޑީއެފް އޮފިސަރސް ރޭންޖް ޑޭގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ގިރިފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، ގިރިފުށްޓަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން ސަރވިސް ކޯއިން ދެއްވި ޕްރެޒެންޓޭޝަން ބައްލަވާލެއްވުމަށްފަހު، މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ދެކެވަޑައިގެން، އެމަނިކުފާނުވަނީ މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖައްސަވާދެއްވާފައިކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ ދަތިއުނދަގޫ ޙާލަތުގައިވެސް، ސަރުކާރުން ބަޖެޓު ހަމަޖައްސަވައިދެއްވައިގެން ކުރިއަށްގެންދަވާ މިޕްރޮޖެކްޓަކީ، ރައީސް ޞާލިޙް އަބަދުވެސް ސިފައިންނާ ގުޅޭ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ އަލިގަދަ ހެއްކެއްކަން މިނިސްޓަރ މާރިޔާވަނީ ޝުކުރާއެކީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި، މިޕްރޮޖެކްޓް ކުރިއަށްގެންދަން ހަމަޖެހިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމް، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި ޖެނެރަލް އޮފިސަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: