ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަރީއަށް ނުފޫޒޫ ފޯރުވާ ކަމަށް ބުނެ، އިދިކޮޅުން އާޒިމް ގޮވައިގެން ކޯޓަށް

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ޕީޕީއެމް /ޕީއެންސީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އާޒިމްގެ ވާހަކަތައް ކުށްވެރިކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވެއިރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ޖުޑީޝަރީއަށް ފާޑު ކިޔާ، ނުފޫޒު ފޯރުވާ، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ޢަލީ ޢާޒިމް މަޖިލީހުގެ ތަޅުމުގައި މިއަދު ދެއްކި ވާހަކައިގައި އެމްޑީޕީ އާއި ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކުރާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި، އަދި އެމީހުން ބޭނުންވާ ގޮތަށް ޙުކުމް ނުކުރާ ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވަނީ ވާހަކަ ދައްކާފައިކަމަށް ބަޔާނުގައިވެއެވެ. މިއީ ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްގެ އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތްބާނާ، ޖުޑީޝަރީ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ އެންމެ ފަހުން ބެއްވިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދައުލަތުގެ ހުރިއްޔާ ހުރި ވަސީލަތަކާއި، ފައިސާއަކާއި، ކުންފުނިތަކާއި، ކުންފުނިތަކުގެ މުވައްޒަފުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް އިންތިހާއަށް ނުފޫޒު ފޯރުވައިގެންވެސް، އެދާއިރާގެ ރައްޔިތުންގެ ތާއީދު ސަރުކާރަށާއި އެމްޑީޕީ އަށް ނެތްކަން ހާމަވުމުން އެކަން ހަޖަމު ނުވުމަކީ ދިވެހި ރައްޔިތުންގެ ކުށެއް ނޫންކަމަށެވެ. އަދި އެއީ ޖުޑީޝަރީ ނުވަތަ މުސްތަޤިއްލު މުއައްސަސާތަކުގެ ކުށެއް ވެސް ނޫންކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

”އެހެންކަމުން ރައްޔިތުންގެ ނިންމުން ހަޖަމުކޮށް، މުސްތަޤިއްލު މުއައްސަސާތަކަށާއި ދިވެހި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އެމްޑީޕީ ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަށާއި  އެމްޑީޕީގެ ލީޑަރޝިޕަށް ގޮވާލަމެވެ. އަދި ޢަލީ ޢާޒިމް ގެ މިމައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވައިދެއްވުން އެދި ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުމުގެ މަސައްކަތް މި ކޯލިޝަނުން ކުރިއަށް ގެންދާ ވާހަކަވެސް ދެންނެވީމެވެ.” ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: