ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މި ދައުރުގައި 36 ބިލެއް ހުށަހަޅަނީ

އެޓާނީ ޖެނަރަލް އިބްރާހިމް ރިފްޢަތު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުން 36 ބިލެއް ހުށަހަޅަން ނިންމައި، އެ ބިލްތަކުގެ ލިސްޓް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ހުށަހަޅަން ނިންމާފައިވާ ބިލުތައް ހާމަކޮށްފަ އެވެ. އެގެ ތެރޭގައި 36 ބިލެއް ހިމެނެ އެވެ.

މަޖިލީހަށް ހުށަހަޅަން ނިންމި ބިލުތަކުގެ ތެރޭގައި ސިއްހީ ދާއިރާއާ ގުޅޭ ބިލުތަކާއި، އިޖުތިމާއީ އަދި ގައުމީ ސަލާމަތާ ގުލޭ ދާއިރާތަކާ ގުޅޭ ބިލުތައް ހިމެނެ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި ހިންގަމުންދާ “އިންޑިއާ އައުޓް” ކެމްޕޭން ހުއްޓުވުމުގެ ބިލު މީގެ ތެރޭގައި ނުހިމެނެ އެވެ.

1. މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
2. ގޭންގު ކުށްތައް މަނާކުރުމާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
3. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
4. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
5. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
6. ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
7. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
8. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު
9. ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
10. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
11. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
12. ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
13. އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
14. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު
15. ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލު
16. މޯލްޑިވްސް ހެލްތު ސަރވިސަސްގެ ބިލު
17. ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
18. ޢާއިލާ އާއި ބެހޭ ބިލު
19. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
20. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
21. ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
22. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
23. ކުންފުނީގެ ބިލު
24. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު
25. އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު
26. އާބިޓްރޭޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
27. ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލު
28. ކްލައިމެޓް އިމަރޖެންސީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
29. ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާބެހޭ ބިލު
30. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
31. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
32. މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު
33. ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު
34. ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
35. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
36. ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: