ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މީޑިޔާތަކާއި ކައުންސިލާއި ދެމެދު ގާތް ގުޅުމެއް އުފެއްދުން: ސަހުބާން

އެމްއެމްސީގެ ރައީސް ސަހުބާން
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ މީޑިޔާތަކާއި މީޑިޔާ ކައުންސިލާއި ދެމެދު ގާތް ގުޅުމެއް އުފެއްދުންކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ ވިދާޅުވެއްޖެއެވެ.

ކުރިއަސް އޮތް ފަސް އަހަރަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)އިން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަހުބާން ވިދާޅުވީ ފާއުިތުވި 13 އަހަރުގެ ތެރޭގައި މީޑިޔާތައް ރެގިޔުލޭޓްކުރުމަށް މީޑިޔާތަކުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިން ކުރާ މަސައްކަތް އަގުވަޒަންކުރުމަށްވެސް ޚާއްސަ އިސްކަމެއް ދީފައިވާނެކަން ވަނީ ފާހަގަކުރައްވާފައެވެ،

ކައުންސިލްގެ ރައީސް ވިދާޅުވީ މީޑިޔާތަކާއި ކައުންސިލާއި އަދި ރައްޔިތުންނާއި އޮތް ގުޅުން ބަދަހިކުރުމަށް ފާއިތުވި އަހަރުތެރޭގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްގެ މެމްބަރުންގެ މެދުގައިވެސް މިކަމާއި ބަހުސްކުރެވި ކަމާއި ގުޅުންހުރި މުއައްސަސާތަކާއި މަޝްވަރާކޮށްފައިވާނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެލި އެކްޝަން ޕްލޭންގައިވެސް މިކަން ހިމަނާފައިވާނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އެމްއެމްސީގެ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ނޫސްވެރިން ތަމްރީންކޮށް މީޑިޔާތައް މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމަށްވެސް ޚާއްސަ ސަމާލުކަމެއް ދީފައިވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރު މުއްދަތާއި ދިގު މުއްދަތުގެ ކޯސްތައް ހިންގާ ނޫސްވެރިންނަނީ މިޒާމަނަށް ފެތޭ ތައުލީމީ ގާބިލް ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަށްވެސް އެކްޝަން ޕްލޭންގައި ހިމަނާފައިވާނެކަމަށް ވިދާޅުވިއެވެ.

“ޕްރައިވެޓް މީޑިޔާތަކަށް، ޚާއްސަކޮށް އޮންލައިންތަކަށް ދިމާވާ ފައިނޭންޝަލް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށްވެސް ވާނީ ހިމަނާފައި” ސަހުބާން

އެމްއެމްސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި މިއެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއީލެވެ. ފައްޔާޒްގެ ވާހަކައިގައި ނޫސްވެރިކަމާއި މެދު އިތުބާރު ގާއިމު ކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް މިއަދު އާމުންގެ ތެރޭގައި މީޑިއާއަކާއި މެދު އެ އޮންނަން ޖެހޭ އިތުބާރު އޮންނަކަމަށް ގަބޫލު ނުކުރެވޭކަމަށް ފައްޔާޒްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: