ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓާލިންކް އިންޓަނެޓް ރާއްޖެ އަށް ދޭން މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮންސް މަސްކްގެ ސްޕޭސް އެކްސްގެ ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް ރާއްޖެ އަށް ދިނުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މިކަމާ ގުޅޭ ގޮތުން މިނިސްޓަރު އައިމިނަތު ޝައުނާ އާއި، ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓާ ރަޔާން ގުޑްނައިޓް އިއްޔެގެ ވަގުތެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ސްޕޭސް އެކްސް ކުންފުނިން ދަނީ ސްޓާލިންކްގެ ނަމުގައި ސެޓަލައިޓް މެދުވެރިކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދެމުންނެވެ.

މި މަޝްވަރާ އާ ގުޅޭ އިތުރު ތަފްސީލެއް އެންވަޔަރަމަންޓް މިނިސްޓްރީން ނުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: