ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގެ ކެމްޕެއިން މެނެޖޭރަކަށް ސާބެ!

އެމްޑީޕީގެ ޗެއާޕާސަންއަކަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ އާއި، ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވި ސާބެ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން މެނޭޖަރަކަށް، އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަހުމަދު ޝާހިދު (ސާބެ) ހަމަޖައްސައިފި އެވެ.

ސާބެއަކީ އެމްޑީޕީ އުފެދުނީއްސުރެ، އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްމުން އަންނަ ފަރާތެކެވެ. އަދި އެމްޑީޕީގެ ބޮޑެތި އިންތިހާބުތަކުގައި، ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ސާބެ ހަރަކާތްތެރިވީއިރު 2019 ގައި ބޭއްވި އެމްޑީޕީގެ މަޖިލީސް އިންތިހާބުގެ ކެމްޕެއިން މެޖޭރަކީ ވެސް ސާބެ އެވެ.

ޕާޓީގެ ޗެއާޕާސަންއަކަށް އިންތި ވާދަ ކުރެއްވިކަން އިއުލާނު ކުރުމުން، އޭނާ އެ މަގާމަށް ގެނައުމުގައި ހަރަކާތްތެރިވުމަށް ބޭނުންވާތީ ސާބެ މިއަދު އެމްޑީޕީގެ ”މެމްބަރޝިޕް އަދި ކެމްޕޭން ކޮމިޓީ“ އިން އިސްތިއުފާ ދެއްވާފައި ވެއެވެ. ކޮމިޓީން އިސްތިއުފާދީ ސާބެ ވިދާޅުވީ، އިންތިއަކީ ޕާޓީގެ އަސާސްތައް އަބަދުވެސް ހިފެހެއްޓި ތެދުވެރިކަމާ، ނަޒާހާތްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި އެމްޑީޕީ އެކުގައި ތިބުމަށް، މިވަގުތު ބޭނުންވަނީ އިންތިކަމަށް އޭނާ ވިދާޅުވި އެވެ.

ކެމްޕެއިން މެނޭޖަރަކަށް ސާބެ ހަމަޖެއްސިކަން ހާމަކޮށް ޓްވީޓެއް ކުރައްވައި އިންތި ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭންތައް މެނޭޖުކުރުމާއި ސިޔާސަތުތައް ކަނޑައެޅުން އަދި ސީދާ ހަރަކާތް އިންތިޒާމުކުރުމުގެ މަސައްކަތުގައި އެންމެ ބޮޑު ކާމިޔާބީއެއް ފޯރުކޮށް ދިނީ ސާބެ ކަމަށެވެ. އަދި ސާބެއަކީ ތަޖުރިބާ ހުރި ފަރާތެއްކަމަށާއި، އޭނާ ކެމެޕެއިން މެނޭޖަރެއްގެ ގޮތުގައި ހަމަޖެއްސުމަކީ ލިބުނު ވަރަށް ބޮޑު ބާރެއްކަން ފާހަގަ ކުރެއްވި އެވެ.

މި ޕާޓީއަށް ބޮޑެތި ކާމިޔާބު ހޯއްދަވައިދެއްވި ތަޖުރިބާކާރު ހުނަރުވެރި @saabeas އަޅުގަނޑުގެ ކެމްޕޭން މެނޭޖަރަކަށް ވަޑައިގެންދެއްވުމަކީ ލިބުނު ވަރަށްބޮޑު ބާރެއް؛ ޝުކުރަން!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: