ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިހެއުމާއި ގުޅިގެން ފަނޑިޔާރުންނަށް ދޭ ޗުއްޓީ އިތުރުކުރުމަށް ހުށައެޅި އިސްލާހު ބަލައިގެންފި

މަޖިލީސް ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވިހެއުމާއި ގުޅިގެން ފަނޑިޔާރުންނަށް ދޭ ޗުއްޓީ އިތުރުކުރުމަށް ހުށައެޅި އިސްލާހު ބަލައިގަނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި މިއިސްލާހު ބަލައިގަތުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުން މިއިސްލާހު ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ. ފަނޑިޔާރުންނަށް ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތެއްގެ ޗުއްޓީއަކަށް ހެދުމަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.

މެމްބަރު ޝަހީމް ހުށައެޅުއްވި އިސްލާހުގައި ވަނީ އަންހެން ފަނޑިޔާރުންނަށް ވިހެއުމާއި ގުޅިގެން ހަ މަހުގެ ޗުއްޓީއެއް ދިނުމަށެވެ. އަދި ފިރިހެން ފަނޑިޔާރުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށެވެ. މިސަރުކާރުން އަންނަނީ ސިވިލް ސާވިސް މުވައްޒަފުންނަށް މިހާރުވެސް މިއުސޫލާއި އެއްގޮތަށް ޗުއްޓީ ދެމުންނެވެ.

ފަނޑިޔާރުންގެ ޗުއްޓީއަށް ގެންނަ ބަދަލާއި ގުޅޭގޮތުން ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރުން ފާހަގަކޮށްފައިވަނީ ފަނޑިޔާރުގެތައް އިސްލާހުނުވާކަމުގެ ވާހަކަތަކެވެ. އެމްޑީޕީ މެމްބަރުންވެސް ވަނީ އަދިވެސް ފަނޑިޔާރުގެތައް އިސްލާހުނުކުރެވޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވަކި ވަކި ފަނޑިޔާރުންނާއި މެދު އާންމުންގެ މެދުގައި އަދިވެސް ޝަކުވާތައް އެބަހުރިކަމަށް އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވިއެވެ.

މައިގަނޑު ގޮތެއްގައި އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވީ ސުޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީން މިނިވަންވި މައްސަލައެވެ. އެއީ އެކަން ވެގެންވާނެ ގޮތް ނޫންކަމަށް އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވިއެވެ. ޚާއްސަގޮތެއްގައި ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އެއީ އަޖައިބުވާފަދަ ހުކުމެއްކަމަށް ވިދާޅުވެ މައްސަލައިގައި ހުކުމް އިއްވި ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ހުރިހާ އިންތިހާބެއް ކާމިޔާބުކޮށްދެނީ ރައީސް ޔާމީން މެންފަދަ ބޭފުޅުން ހައްޔަރުކޮށް އިންސާފު ގާއިމްކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެކަން ވަމުންނުދާ ނަމަ މަގާމުތަކުގައި ތިބި ބަޔަކު ވަކިކޮށްގެންވެސް އެކަން ކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމްގެ މިވާހަކަތަކަކީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

މައްސަލާގައި އިދިކޮޅުންވެސް އަދި ޖުމްލަކޮށް ހުރިހާ މެމްބަރުންވެސް ވަނީ ކޯޓުތަކުގެ މަސައްކަތްތައް ލަސްކަން ފާހަގަކުރައްވާފައެވެ. އިދިކޮޅުން ވަނީ ރިޔާސީ ވައުދާއި އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މަސައްކަތްނުކުރާކަން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: