ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ބޭނުމީ ލޯބިން، ނަފްރަތު އުފައްދައިގެން ނޫން: ރޮޒޭނާ

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަޤާމަށް އިންތިޚާބުގައި އާންމު މެމްބަރުންގެ ވޯޓު ހޯދަން ބޭނުންވަނީ ނަފްރަތު އުފައިގެން ނޫންކަމަށް މިމަޤާމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް ތާއީދު ކުރައްވާ އެއްވެސް ބޭފުޅަކު އެހެން ކެނޑިޑޭޓަކާ މެދު ހުތުރު ދޮގު ވާހަކަ ފަތުރައިގެން އެނެޓި-ކެމްޕެއިން ނުކުރުމަށް ގޮވާލާ ކަމަށެވެ.

”މީހުސް އެމްޑީޕީގައި އެކީގައި ވޯކް ކުރަން ތިބި މީހުން. އަޅުގަނޑު ވޯޓު ބޭނުމީ ލޯބިން. ނަފްރަތު އުފައްދައިގެން ނޫން.” ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: