ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ހޯމް ސޯލާ ޕްރޮގުރާމުން ކަރަންޓު ބިލު ކުޑަކުރުމުގެ ފުރުސަތު

ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން ކަރަންޓު ބިލު 97 ޕަސެންޓަށް ކުޑަވެގެންދާނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.

ފެނަކަ ހޯމް ސޯލާ ޕްރޮގުރާމަކީ ފެނަކަ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ މަޤްސަދަކީ އާންމު ފަރުދުން ކަރަންޓަަށް ހޭދަކުރާ މިންވަރު ކުޑަކުރުމާއިއެކު ސަރުކާރުން ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމެވެ.

ފެނަކަ އިން ބުނީ ހޯމް ސޯލާ ޕްރޮގްރާމްއަކީ ފާގަތި އަދި އުޖާލާ ދިރިއުއުޅުމަކަށް ކުރެވޭ ކުޑަ ހޭދައެއް ކަމަށާއި މިއީ ޒަމާންތަކެއް ވަންދެން އެކި ސަބަބުތަކާ ހުރެ ހުއްޓުމެއް ނެތި ބޮޑުވަމުން އައި ކަރަންޓު ބިލުތަކަށް ދާއިމީ ހައްލެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މަހުން މަހަށް އަންނަ ކަރަންޓު ބިލް 97 ޕަސެންޓާއި ހަމައަށް ކުޑަވެގެންދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

ހޯމް ސޯލާ ސިސްޓަމް ތަކަކީ ގޭފުރާޅުގައި ހަރުކުރެވޭ ފެހި ޕަވާޕްލާންޓެކެވެ. މެއިންޓެނަންސް ހަރަދު ކުދަ، އިރުގެއަލިން ގެ ދިއްލާލަދޭ އަދި ފިނި ކޮއްލަދޭ ޕަވާޕްލާންޓެކެވެ. އާދައިގެމަތިން ހޯމްސޯލާ ނިޒާމެއް 20-25 އަހަރާއި ދެމެދުގައި ބޭނުންކުރެވެ އެވެ.

ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން އާއްމުންނަށް ފެނަކަ އިން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ހިމެނެނީ:

  1. ކޮންސަލްޓޭޝަން: އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން އަބަދުވެސް ތިބޭނީ ތައްޔާރަށެވެ. މިގޮތުން ޚިދުމަތް ފޯރުކޮށްދިނުމާއި، މަޢުލޫމާތު އޮޅުންފިލުވައިދީ އިރުޝާދު ދިނުމުގައި ފެނަކަ ޓީމުން އެންމެ ފުންމިނަށް އެހީތެރިވާނެ އެވެ.
  2. ލުއި ޕޭމަންޓް ޕްލޭންް: މި ޕްރޮގްރާމް ބައްޓަންކުރެވިފައިވަނީ ފެނަކައިގެ ހިޔާވަހިކަމުގެ ދަށުގައިވާ ކޮންމެ ގޭބިސީއަކަށް ހެޔޮ އަގުގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ދަށުން، ސާފު މުސްތަގުބަލެއް ހޯދުމަށް މަގުފަހިކޮށްދޭނެ ގޮތަކަށެވެ.
  3. ޑޮކިއުމެންޓޭޝަން އަދި ލީގަލް ޕްރޮސީޖަރސް: ނެޓް މީޓަރިންގ ދަށުން ހުރިހާ ކަސްޓަމަރުން ވެސް ކުރަންޖެހޭ ފެނަކައިގެ އެޕްލިކޭޝަން ފޯމް ފުރުމާއި، ހޯމް ސޯލާރ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމެވެ.
  4. ސާވޭ އެންޑް ކަސްޓަމް ޑިޒައިނިންގ: ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމްސް (ޕީވީ) އަކީ ‘ވަން-ސައިޒް-ފިޓްސް-އޯލް’ ސޮލިއުޝަންއެއް ނޫނެވެ. ކަސްޓަމަރ އެޕްލިކޭޝަން ޕްރޮސެސްކޮށް ނިމުމާއިއެކު، ފެނަކައިގެ ޓެކްނިކަލް ޓީމް ކަސްޓަމަރުންގެ ގެއަށް ގޮސް، ހަކަތަ ބޭނުންކުރެވޭ މިންވަރާއި ފުރާޅުގެ ޖާގަ، އަދި މިނޫންވެސް އެތައް ކަމެއްގެ މައްޗަށް ބިނާކޮށް، އެތަނަކަށް އެންމެ އެކަށޭނަ ހޯމް ސޯލާ ސިސްޓަމެއް ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާރވޭތަކާއި އެސެސްމަންޓްތައް ތައްޔާރުކޮށްދޭނެ އެވެ.
  5. އިންސްޓޮލޭޝަން: ސަރވޭ އަދި އެސެސްމަންޓްތައް ނިމި، އިންސްޓޯލްކުރާނެ ކެޕޭސިޓީ ކަނޑައެޅުމުން އެ ފުރާޅަކަށް ބޭނުންވާ ސޯލާ ޕެނަލްތައް އެ ރަށަކަށް ފޮނުވިގެންދާނެ އެވެ. ކަސްޓަމަރުންގެ އަތުން އިތުރު އަގެއް ނުނަގާ ފެނަކަ ޓެކްނިކަލް ޓީމުން ފުރާޅު އިރުގެ އަލިން ހަކަތަ އުފައްދާ ޕަވަރ ޕްލާންޓަކަށް ބަދަލުކޮށްދޭނެ.
  6. މެއިންޓެނަންސް އެންޑް އާފްޓަރކެއަރ: ހޯމް ސޯލާ ޕެނަލް ސިސްޓަމް އަހަރީ ގޮތުން ސަރވިސް ނުކުރިއަސް ރަނގަޅަށް މަސައްކަތް ކުރަމުންދާނެ އެވެ. ނަމަވެސް ފުރާޅުގައި ސޯލާ ހަރުކުރުމާއިއެކު ފެނަކައިން ދޭ ޚިދުމަތް ނިމުނީކީ ނޫނެވެ. ފެނަކައިގެ ޓެކްނިކަލް ޓީމް ހުންނާނީ ދިމާވެދާނެ މައްސަލައެއް ހައްލު ކުރުމަށް އަބަދުވެސް ތައްޔާރުގައެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: