ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލިޓަރީ ޕްރެޒެންސް އޮތް ނަމަ އެ މީހުން އުޅޭނީ ބަޑި ހިފައިގެން މަގުމަތީ: ރޮޒެއިނާ

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަތިޔާރު އެޅި ބޭރުގެ ސިފައިން ނެތްކަމަށާއި، އެފަދަ ކަމެއް ހިނގައި މިނިވަންކަމަށް ބުރޫ އަރާނަމަ އެހެން ގައުމެއްގެ ސިފައިން ބަޑި ހިފައިގެން މަގުމަތީ އުޅޭ މަންޒަރު ފެންނާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެޚަބަރަށްފަހުޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގިނަގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބިކަމަށް ބުނެ ވާހަކަ ދެއްކެވި ނަމަވެސް، މިއަދު ދަމަހައްޓަމުން ދާ ބައެއް އެއްބަސްވުންތައް އެއީ، ރައީސް ޔާމިންގެސަރުކާރުގައި އެކަވާލި އެއްބަސްވުންތަކެއްކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

މިއީ އެއްވެސް ގޮތަކަށް ރާއްޖޭގެ  މިނިވަންކަމަށް ބުރުއަރާފާނެތީ އިދިކޮޅުން ކުރިޔަށް ގެންދާ ކެމްޕެއިނެއް ނޫންކަމަށާއި ހަމައެކަނި ބޭނުމަކީ، އިންޑިއާއިންރާއްޖެއަށް ވަމުންދާ އެހީތައް ހުއްޓުވުންކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި ސަރުކާރަށް ތިން އަހަރު ވީއިރު ރައްޔިތުންނަށް ހެޔޮ ވެރިކަމެއްކޮށް ދެއްވީތީރައީސް ޔާމިން ބޭނުންފުޅު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުންކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ތަމްރީނުގެ ބޭނުންތަކަށް ރާއްޖެއަށް އަބަދުވެސް އެހެން ގައުމުތަކުގެ ސިިފައިން ރާއްޖެ އައިސް، ރާއްޖެއާއި ގުޅިގެން ތަފާތު އެކިޕްރޮގްރާމްތައް ހިންގާއިރު ދިވެހި ސިފައިން ވެސް ބޭރުގެ ގައުމުތަކަށް ގޮސް އުޅޭ ކަމަށެވެ. އެކަމަކު އެއީ މިލިޓަރީ ޕްރެޒެންސް ކަމަށް ނުބުނެވޭނެކަމަށްރޮޒެއިނާ ވިދާޅުވި އެވެ.

ބައެއްގެ ބާރުގެ ދަށުގައި އޮވެ، މިލިޓަރީއެއް ހަރަކާތްތެރި ވާނަމަ

މަގުމަތީ ހަތިޔާރު އެޅި ސިފައިން ފެންނާނެކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

”މިލިޓަރީ ޕްރެޒެންސެއްގައި އޮންނައިރު އަޅުގަނޑުމެންނަށް ފެންނާނެ އެ ގައުމެއްގެ މަގުމަތީގައި ބަޑި ހިފައިގެން ތިބޭ ސިފައިން.... އެހެންވީމަ މިލިޓަރީ ޕްރެޒެންސާއި އެކިއެކި ޓްރެއިނިންތަކަށާއިމަސައްކަތްތަކަށް އެކިއެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭން ރާއްޖެއިން އެދިގެން އިންޑިޔާ ސިފައިންގެ ބަޔަކު ތިބުން އެއީ ވަރަށް ތަފާތު ދެ ކަމެއް.”

ރޭގެ ޕްރޮފްރާމުގައި ރޮޒެއިނާ ވަނީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ދައުލަތުން އިނާޔަތްތަކެއް ނަންގަވައިގެން ހުރެ، ރައީސް ޔާމީން މިފަދަ ހަރަކާތްކުރިޔަށް ގެންދާނަމަ އެމަނިކުފާނުގެ އިނާޔަތްތައް ކަނޑާލަން ގޮވާލާފަ އެވެ.

ރޮޒެއިނާ ވިދާޅުވިގޮތުގައި ގައުމަކާއި އެކު އޮންނަން ޖެހޭ ގުޅުމާއި، ދަމަހައްޓަން ޖެހޭ އެކުވެރިކަން އަދި އެކަމަށް ކިރިޔާ ވެސް ފަނޑުމެއް އައިސްފި ނަމަ ކުރާނެއަސަރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ގައުމުގެ ވެރިއަކަށެވެ. ރައީސް ޔާމީނަކީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެ ކަންކަންއެނގިވަޑައިގަންނަން ޖެހޭ ބޭފުޅެއް ނަމަވެސް، ހުއްޓުމެއް

ނެތި އިންޑިއާއި ދެކޮޅަށް ހިންގާ އަމަލުތަކަށް އަދަބު ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަސްތުގައި ރާއްޖެއަށް ގެއްލުންދޭން ރައީސް ޔާމީން މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ ރޮޒެއިނާ ވަނީ، ދައުލަތުން އެއްވެސް އިނާޔަތެއް އެފަދަ މީހަކަށްނުދޭން ގޮވާލާފަ އެވެ.

މީގެ ކުރިން ސަރުކާރުން ބުނަމުން ދިޔައީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށާއި، ދެ ގަައުމުގެ ދެމެދު ވެފައިވާ އެއްބަސްވުނަތަކުގައި ނުރައްކަލެއް ނެތް ކަމަށެވެ. ނަމަވެސް މީގެ ދުވަސްތަކެއް ކުރީން ބޭއްވި ކޮމިޓީއެއްގައި ޑިފެންސް މިނިސްޓާރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޑޯނިއާރ އާއި ހެލިކޮޕްޓަރު ބަލަހައްޓަން އިންޑިއާގެ 75 ސިފައިން އެބަތިބި ކަމަށެވެ.

މީގެ އިތުރުން އިދިކޮޅުގެ ކެމްޕެއިނުގެ ސަބަބުން ވާ ގެއްލުންތަކުގެ ދިރާސާއެއް ހަދަން ރައްޔިޔުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅި މައްސަލައިގެ ބައްދަލުވުންތައް ވަނީ ކަމާއި ބެހޭ މުވައްސަސާތަކާއި އެކު ބާއްވަން ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: