ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑު ދާއިރާގެ މެމްބަރު ރާޝިދު މަޖިލީހުގެ ތިން ކޮމެޓީއަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑު ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ތިން ކޮމެޓީއެއްގައި ހިމަނުއްވައިފިއެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ އާއި އިމްތިޔާޒު ކޮމިޓީގައެވެ.

އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނިފައިވާގޮތަށް އައި ބަދަލު ހާމަ ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަށް އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރުން މުހައްމަދު މުމްތާޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޓީތަކަށް މެންބަރުން ހަމަޖައްސަވަނީ، އެމަނިކުފާނު ނޫން ކަމަށެވެ. އެއީ ޕާޓީތަކުން ނިންމާ ނިންމުންތަކާ އެއްގޮތަށް ކުރައްވާ އިއުލާނެއް ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: