ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހްމަދިއްޔާއަށް ދިމާވެފައިވާ ޖާގައިގެން ދަތިކަމަށް ހައްލު ހޯދައިދޭނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ދިމާވެފައިވާ ޖާގައިގެން ދަތިކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަހުމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވަނީ އަހުމަދިއްޔާ ސްކޫލުން ކިޔެވި ދަރިވަރުން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަތީ މަގާމުތަކާއި ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުގައި ތިއްބެވިކަން ފާހަގަކުރައްވާފައެވެ.

މީގެ 40 އަހަރު ކުރީން މާލޭގައި ތައުލީމުގެ ކަންކަން އޮތްގޮތުގެ މައްޗަށާއި އަހުމަދިއްޔާ ސްކޫލްގެ ނަން ނިސްބަތްވެވަޑައިގަންނަވާ އަލްމަރްހޫމް ޑީ އަހުމަދު ދީދީ، އެ ސްކޫލް ފެއްޓެވިގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަހުމަދިއްޔާ ސްކޫލަކީ މިހާރު މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލުކަމަށާއި ފާއިތުވި 40 އަހަރުގެ ތެރޭގައި ތައުލީމީ ރޮނގުންނާއި ސްކޫލް ފެންވަރުގައި ވާދަކުރި އިތުރު ހަރަކާތްތަކުގައި އެ ސްކޫލްގެ ދަރިވަރުން ހޯދާފައި ވަނީ ރަން ވަނަތަކެއްކަން ކަމަށެވެ.

ރައީސް ވަނީ އެ ސްކޫލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމާހުރެ، ދަރިވަރުން އިތުރު ހަރަކާތެއް ނުވަތަ ތުއްތު ކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއް ސްކޫލްގައި ނެތުންކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަހުމަދިއްޔާ ސްކޫލަށް 40 އަހަރުފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި އަލްމަރްހޫމް ޑީ އަހުމަދު ދީދީ ހަނދާނަށް އެރުވޭ ހާއްސަ އެވޯޑްދެއްވުމާއި އަހުމަދިއްޔާ ސްކޫލަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް ސޯލިހުއެވެ. އަދި މި ޖަލްސާއަށްފަހު ރައީސް ވަނީ އަހުމަދިއްޔާ ސްކޫލުގެ “ހަނދާނީ ގެލެރީ” ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: