ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ކެމްޕެއިނަށް ރައީސް ޔާމީން މިއަދު ވިލިނގިއްޔަށް

އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވާލާ ށ. ފުނަދޫގައި ކުރިޔަށްދާ ހަރަކާތުގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ހަރަކާތަށް އިދިކޮޅު ޕީޕީއެމްގެ ރައީސް ޔާމީން މިއަދު ގއ. ވިލިގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިހަރަކާތަށް މުޅި ވިލިނގިލިވަނީ ރައީސް ޔާމީނަށް މަރުހަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ވިލިނގިއްޔަކީ ރައީސް ޔާމީނަށް ތާއީދު ބޮޑު ރަށެކެވެ. މިހަރަކާތުގައި ރައީސް ޔާމީން ބައިވެރިންނާއި މުޚާތަބުކުރައްވާނެއެވެ.

ރައީސް ޔާމީން ވިލިގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ، މިހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ޓީމެއްވެސް މިހާރުވަނީ ވިލިއްޔަށް ގޮސްފައެވެ.

ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތް ފުޅާކުރުމަށް އެމަނިކުފާނު ގެންދަވަނީ އަތޮޅުތަކަށްވެސް ދަތުރުކުރައްވަމުންނެވެ. އެންމެފަހުން ރައީސް ޔާމީން ވަޑައިގެންފައިވަނީ ރ. މީދޫއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: