ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމިކް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރަކު އައްޔަނުކޮށްފި

ރައީސް އޮފިސް. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒްގެ މަޤާމަށް ބޭފުޅަކު އައްޔަނުކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި މަގާމަށް އައްޔަނު ކުރެއްވީ ސ.ހިތަދޫ، ޖަންބުމާގެ އަލްއުސްތާޛު މުޙައްމަދު އަނީލް އެވެ.

އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީގެ ސަނަދު ހާސިލުކުރައްވާފައެވެ. އަދި މިހާރު އެބޭފުޅާއަކީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަަޢުލީމު
ހާސިލްކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ 2017 ވަނަ އަހަރުން ފެށިގެން ސ. ހިތަދޫ އިސް އިމާމުގެ މަޤާމު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: