ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ އެތެރޭގެ ކެމްޕެއިނެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ ވަޒީފާއިން ކަނޑާލެވޭނެ ސަބަބެއް ނޫން: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީ އެތެރޭގެ ކެމްޕެއިނެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ ވަޒީފާއިން ކަނޑާލެވޭނެ ސަބަބެއް ނޫން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެެއެވެ.

ވައްޑެ މިހެން ވިދާޅުވީ ދުވާފަރު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން ދިޔަ އެމްޑީޕީއަށް ނިސްބަތްވާ އާމިރު އަހްމަދު ވަޒީފާއިން ވަކި ކުރުމާއި ގުޅިގެންނެވެ.

ވަޒީފާ އިން ވަކިކުރި އާމިރު ތުހުމަތު ކުރާ ގޮތުގައި އޭނާ ސިޔާސީ މަގާމެއްގައި ހުއްޓާ ވަޒީފާ އިން ވަކިކުރީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރާ އިމްތިޔާޒް ފަހުމީއަށް ފާޅުގައި ތާއީދުކޮށް ކެމްޕޭން ކުރާތީ އެވެ.

އާމިރު ވަޒީފާ އިން ވަކިކުރި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅައި އެމްޑީޕީގެ ބައެއް މެންބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެސް ވެފައި ވަނިކޮށެވެ.

ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ވަނީ އާމިރު ވަޒީފާ އިން ވަކިކުރުން ދިފާއުކޮށްފަ އެވެ. ރައީސް އޮފީހުން ބުނީ އާމިރަށް ފިޔަވަޅު އެޅީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނަކާއި ސިޓީތަކެއް ލިބުމުން އެކަމުގައި އަމަލުކުރަންޖެހޭ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް މައްސަލަތައް ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން އާމިރު ވަޒީފާއިން ވަކިކުރުމާ އެމްޑީޕީގެ އިންތިހާބާ ގުޅުމެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: